އުރީދޫ އިން ޔޫތު އެމްބެސެޑަރ ޕްރޮގްރާމް އޭދަފުށީގައި ފަށައިފި

ޔޫތު އެމްބެސެޑަރުން ތަމްރީން ކުރުމަށް އުރީދޫއިން މިއަދު އޭދަފުށީގައި ފެށި ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ / އުރީދޫ
ޔޫތު އެމްބެސެޑަރުން ތަމްރީން ކުރުމަށް އުރީދޫއިން މިއަދު އޭދަފުށީގައި ފެށި ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ / އުރީދޫ

މަސައްކަތުގެ މައިދާނުގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ހުނަރުތައް ޒުވާން ކުދިންނަށް އުނގަންނައި ދިނުމަށްޓަކައި އުރީދޫއިން އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އޭދަފުށީގައި ފަށައިފި އެވެ.

ބ. އަތޮޅު ކައުންސިލާ ގުޅިގެން އުރީދޫ އިން މިއަދު އޭދަފުށީގައި ލޯންޗުކުރި މި ޕްރޮގްރާމަކީ އެކުންފުނިން ބުނިގޮތުގައި ކުރިއަށް އޮތް ޖީލުގެ ވިޔަފާރިވެރިންނާއި، އެކި ދާއިރާތަކުގައި އިސްވެ މަސައްކަތް ކުރާނެ ޒުވާނުންނަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. އަދި މިއީ ސްކޫލް ނިންމާ، ވަޒީފާގެ މައިދާނަށް ނިކުންނަ ޒުވާނުން ތަމްރީނުކޮށް، ވަޒީފާގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ޑިޖިޓަލް ވެފައިވާ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މަގުފަހު ކޮށްދޭނެ ޕްރޮގްރާމެއް ކަމަށްވެސް އުރީދޫ އިން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި އެއްދުވަހުގެ ޓްރޭނިންގް ސެމިނާ އަށް ބިނާކޮށް ކުރިއަށް ގެންދެވޭ އެސެސްމެންޓް ތަކުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޒުވާނުންނަށް، އުރީދޫ އިން ތިން މަހުގެ އިންޓަރންޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިންޓަރންޝިޕް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކުއްޖަކަށް، ބިޒްނަސް ޑިޕްލޮމާ ސްކޮލަރޝިޕް އެއް ހަދިޔާ ކުރެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ޔޫތު އެމްބެސެޑަރުން ތަމްރީން ކުރުމަށް އުރީދޫއިން މިއަދު އޭދަފުށީގައި ފެށި ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ / އުރީދޫ
ޔޫތު އެމްބެސެޑަރުން ތަމްރީން ކުރުމަށް އުރީދޫއިން މިއަދު އޭދަފުށީގައި ފެށި ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ / އުރީދޫ

“ކޮންމެ ޒުވާނަކީ ވެސް، ތަމްރީނުދެވި، ރަނގަޅު ފުރުސަތު ތަކެއް ހޯދާ ދެވިއްޖެ ކަމުގައިވާނަމަ، ކާމިޔާބީ އާއި ހަމަޔަށް ވާސިލްވެ، މުުތަމައު އަށް މަންފާ ކޮށްދޭނެ ކުއްޖެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އަޅުގަނޑުމެންނަށް ލިބިފައިވާ ހުނަރުތަކާއި، ޢިލްމާއި ތަޖުރިބާތައް، އަންނަން އޮތް ޖީލާއި ހިއްސާ ކުރުމަށް ބޭނުންވޭ. އެހެންކަމުން އަޅުގަނޑުމެން ވަނީ އުރީދޫ ގެ ޔޫތު އެމްބެސެޑޯ ޕްރޮގްރާމް، ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާ ކުރުމުގެ ނިޔަތާއި އެކު،” އުރީދޫން ބުންޏެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިތުރު ހިސާބުތަކަށް މިޕްރޮގްރާމް ފުޅާކުރެވިގެން ދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.