ފްރެންޑްލީ ޔޫތް ކަޕް 2016 ފުޓްބޯޅަ މުބާރާތުގެ ގުރު ނަގައިފި

މައުފާ ރެސްޓޯރަންޓް ގައި މިރޭ ކުރިޔަށްގެންދިޔަ ގުރުނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މައުފާ ރެސްޓޯރަންޓް ގައި މިރޭ ކުރިޔަށްގެންދިޔަ ގުރުނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކޮންމެ އަހަރެއްގެެވެސް އަޞްހާ އީދު ބަންދާ ދިމާކޮށް އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު މިރޭ ބާއްވައިފިއެވެ.

އޭދަފުށި މައުފާ ރެސްޓޯރަންޓްގައި ކުރިޔަށް ގެންދިޔަ ގުރު ނެގުމުގެ ރަސްމީޔާތުގައި ހުރިހާ ޓީމަކުންވެސް ވަނީ ބައިވެރި ވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ 2 ގްރޫޕް އަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ގްރޫޕް އޭ އަށް ގޮސްފައިވާ ޓީމްތަކަކީ އެމް.އޭ ޔުނައިޓެޑް، ހުސްސޮގުން އަދި ރުވާ ސްޕޯޓްސްއެވެ.

ގްރޫޕް ބީ ގައި ހިމެނުނު ޓީމްތަކަކީ އެންމެ ފަހުގެ ޗެންޕިއަން ޔުނައިޓެޑް ވީ، އެންޖޯއި ފްރެންޑްސް އަދި ސައިނޯސާއެވެ.

އަންނަ ހުކުރު ދުވަހު ހަވީރު ފަށަން ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެމް.އޭ ޔުނައިޓެޑް އާއި ހުސްސޮގުން ޓީމެވެ.

މި މުބާރާތުގެ ރަސްމީ ޝެޑިޔުލް މާދަމާ އިއުލާން ކުރާނެއެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާރ އަކަށް ހަމަޖައްސާފައިވަނީ އޭދަފުށި ޓައިމްސް (އީޓީ)އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.