އީދު ބަންދާ ދިމާކޮށް އޭދަފުއްޓަށް ކުރާ ދަތުރުތަކުގެ ބާރުބޮޑުވެއްޖެ

14249326_683280215170952_2017964728_n

ބޮޑުއީދާ ދިމާކޮށް މިއަހަރުވެސް އޭދަފުއްޓާއި މާލެއާއި ދަތުރު ކުރާ ފެރީތަކުގެ ބާރު ބޮޑުވެއްޖެއެވެ.

އޭދަފުއްޓާއި މާލެގައި ދެމެދު އާއްމުގޮތެއްގައި ކުރާ އެޓޯލް ކިއުޓް ފެރީ ސަރވިސް އަދި ސޭލަމް ފެރީ ސަރވިސް އިން ބުނީ އީދު ދަތުރުތައް މިއަދުން ފެށިގެން އާދިއްތަ ދުވަހާއި ހަމައަށް ކުރާނެކަމަށެވެ.

އޭދަފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ސޭލަމް ފެރީ ސަރވިސް އިން ބުނީ، އެ ލޯންޗުން މިފަހަރު 400 އެއްހާ މީހުން ދަތުރު ކުރާނެކަމަށެވެ. މިހާރުވެސް ގިނަ ބަޔަކު ޓިކެޓަށް އެދެމުންދާކަމަށް ސޭލަމް އިން ބުނެއެވެ.

އަތޮޅުގައި އެންމެ ފުޅާކޮށް ލޯންޗުގެ ހިދުމަތް ދެމުންއަންނަ އެޓޯލް ކިއުޓް ފެރީ ސަރވިސް އިން ބުނީ 500 އެއްހާ މީހުން އީދު ބަންދުގައި އެލޯންޗުން ދަތުރުކުރާނެ ކަމަށެވެ. އެޓޯލް ކިއުޓުގެ ދަތުރުތައް މިއަދު ފަށާއިރު އީދު ދުވަހުވެސް ހާއްސަ ދަތުރެއް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރަށް ޖާގަ ބޭނުންވާ ފަރާތްތަކަށް މިހާރު ޓިކެޓް ވިއްކަމުން ދާކަމަށް އެޓޯލް ކިއުޓް ފެރީ ސަރވިސް އިން ބުންޏެވެ.

މާލެ ދަތުރުކުރާ މުދާއުފުލާ ބޯޓުތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އަމިއްލަ ބައެއް ފަރާތްތަކުން ލޯންޗު ކުއްޔަށް ހިފައިގެންވެސް ބައެއް ދަތުރުތައް އޭދަފުއްޓަށް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ބޮޑު އީދަށް ގާތްގަނޑަކަށް ދެހާހެއްހާ މީހުން އޭދަފުއްޓަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ.

ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. ނަމަވެސް ސެޕްޓެމްބަރު 9 ވާ ހުކުރުދުވަހުން ފެށިގެން 17 އާ ހަމައަށް، އީދު ބަންދަށް ނުވަ ދުވަސް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.