50 މީހުންގެ ޖާގައިގެ އިތުރު ލޯންޗެއްގެ ދަތުރުތައް ސޭލަމް އިން ފަށައިފި

ސޭލަމް އިން އަލަށް ގެނައި ސޭލަމް ސޯ ފާސްޓަރ ލޯންޗް| އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސޭލަމް އިން އަލަށް ގެނައި ސޭލަމް ސޯ ފާސްޓަރ ލޯންޗް| އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުއްޓާ މާލެއާއި ދެމެދު މުޅިން އާ ލޯންޗެއްގެ ދަތުރުތައް ސޭލަމް އިން މިއަދު ފަށައިފި އެވެ.

މިހާރުވެސް ފެރީގެ ހިދުމަތްދޭ ސޭލަމްއިން ބޮޑުއިދާ ދިމާކޮށް ދަތުރުފެށި 45 ފޫޓުގެ މި ލޯންޗަކީ އޭދަފުއްޓާއި މާލެއާ ދެމެދު ދަތުރުކުރުމަށް ހާއްސަކުރާ ލޯންޗެއް ކަމަށް ސޭލަމް އިން ބުނެއެވެ. މިހާރު ސޭލަމްއިން ބޭނުންކުރަނީ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

ސޭލަމްގެ މެނޭޖަރ ޢަބްދުﷲ ސަލީމް އީޓިއާ ވާހަކަދައްކަމުން ބުނީ އަލަށްފެށި ލޯންޗުގައި ބަދަލުތަކެއް ހުންނާނެކަމަށާއި، ދަތުރުވެރިންނަށް ރަގަޅު ހިދުމަތްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.

ސޭލަމް އިން އަލަށް ގެނައި ސޭލަމް ސޯ ފާސްޓަރ ލޯންޗް| އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސޭލަމް އިން އަލަށް ގެނައި ސޭލަމް ސޯ ފާސްޓަރ ލޯންޗް| އީޓީ ފޮޓޯ:ރާއިފް ޔޫސުފް

“އާ ލޯންޗުގައި ހުރިހާ ސީޓެއްވެސް ހުންނާނީ ކުރިމައްޗަށް ވާގޮތަށް. އަދި ވައި ދަތުރުކުރާ ނިޒާމެއްވެސް ލޯންޗުގަ ހުންނާނެ. ލޯންޗުގަ އިނދެގެން ފޯނު ޗާޖު ކޮށްލެވޭނެ އިންތިޒާމްވެސް ހަމަޖެހިފަ ވާނެ. ޗާޖް ކުރުމަށް ޔޫއެސްބީ ހަރުކޮށްފަ ހުންނާނީ ސީޓު ފަހަތުގަ. އެހެންވީމަ ދަތުރުވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ މި ލޯންޗުން،”

ސަލީމް ބުނީ ޖާގައިގެ ގޮތުން ތަނަވަސް ލޯންޗެއްގެ ހިދުމަތް ފެށީ އެއްފަހަރާ ގިނަ ބަޔަކަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، ސޭލަމްގެ ފެރީގެ ހިދުމަށް ވީހާވެސް ފުޅާކޮށް އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.