އޭދަފުއްޓާއެކު ޒޯން ތިނެއްގައި ނައިފަރު އަދި އިންނަމާދޫ

މިދިޔަ އަހަރު އޮތް މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ހިންނަވަރު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ހިންނަވަރު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގައި އޭދަފުއްޓާއެކު ނައިފަރު އަދި އިންނަމާދޫ ވާދަކުރަން ޖެހިއްޖެއެވެ. ޅ. އަތޮޅު މުބާރާތާއި ރ. އަތޮޅު މުބާރާތް މިއަދު ނިމިފައިވާއިރު ޅ. އަތޮޅުގެ ޗެމްޕިއަންކަން ނައިފަރު ހޯދި ޅ. ކުރެންދޫގެ މައްޗަށް ދެލެގުން 7-2 ނަތީޖާއަކުން މޮޅުވެގެންނެވެ. ރަށުން ބޭރުގައި ކުޅުން މެޗުން ނައިފަރު 3-0 އިން މޮޅުވިއިރު މިއަދު ހަވީރު ނައިފަރު ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް ރ. އަތޮޅުގެ ޗެމްޕިއަންކަން އިންނަމާދޫ ހޯދީ މިއަދު ހަވީރު އުނގޫފާރާއި ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށްގެންނެވެ. އުނގޫފާރުގައި ކުޅުނު މި މެޗު އިންނަމާދޫ ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން 6-5 އިންނެވެ.

ޒޯން ތިނެއްގައި މިދިޔަ އަހަރު ވާދަކުރީ އޭދަފުއްޓާއި، ހިންނަވަރު އަދި ދުވާފަރެވެ. މިދިޔަ އަހަރުގެ ޒޯން ޗެމްޕިއަން ޓީމަކީ އޭދަފުއްޓެވެ. ޒޯން ތިނެއްގެ މެޗުތައް މިމަހުގެ 13 ވަނަ ދުވަހު ކުޅުމަށް މީގެ ކުރިން ޝެޑިއުލް ކުރި ނަމަވެސް މިހާރު މި މެޗްތަށް ފަށަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 18 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.