އެމް އޭ ޔުނައިޓެޑާއި ހުސްސޮގުން ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެ

މިއަދު ހަވީރު ހުސްސޮގުން ނާއި އެމް އޭ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ހުސްސޮގުން ނާއި އެމް އޭ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި މިހާރު ކުރިޔަށްދާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެެވެ.

ހުސްސޮގުން ޓީމާއި އެމް އޭ ޔުނައިޓެޑް ބައްދަލުކުރި މި މެޗް ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ހުސްސޮގުން ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 30 ވަނަ މިނިޓްގައި އަހުމަދު އަޝްރަފްއެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން ހުސްސޮގުން ޓީމު ކުރީގައި އޮވެގެންނެެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ނަތިޖާ އެމް އޭ ޔުނައިޓެޑުން ހަމަހަމަ ކުރީ 66 ވަނަ މިނިޓްގައެވެ. މި ލަނޑު އެމް އޭ ޔުނައިޓެޑްއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭގެ ފަހުންވެސް ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބި ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހުސްސޮގުން ޓީމުގެ ޖާޒީ ނަންބަރ 10 އަހުމަދު ލަތީފް (ލައްޗޭ)އެވެ.

މި މުބާރާތުގައި މާދަމާ 2 މެޗެއް ކުޅޭނެއެެވެ. ފުރަތަމަ މެޗްގައި މާދަމާ ހެދުނނު 7 ޖަހާއިރު ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި އެންޖޯއި ފްރެންޑްސްއެވެ. ދެވަނަ މެޗްގައި ހަވީރު 4 ޖަހާއިރު ބައްދަލު ކުރާނީ އެމް.އޭ ޔުނައިޓެޑް އާއި ރުވާ ސްޕޯޓްސްއެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާރ އަަކަށް ހަމަޖައްސާފައިވަަނީ އޭދަފުށި ޓައިމްސް (އީޓީ)އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.