ޑައުންޓައުން ވުމެންސް ފުޓްސަލް މުބާރާތް ފަށައިފި

ހުސްސޮގުން ޓީމާއި ވެލާ ސިޓީ ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ހުސްސޮގުން ޓީމާއި ވެލާ ސިޓީ ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޑައުންޓައުން ގްރޫޕުން އިސްނަގައިގެން ބާއްވާ ވުމެންސް ފުޓްސަލް މުބާރާތް މިރޭ ފަށައިފިއެވެ. 2 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި މިރޭ ވަނީ 4 މެޗެއް ކުޅެފައެވެ.

މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުސްސޮގުންނާއި ވެލާ ސިޓީއެވެ. މި މެޗް 0-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ހުސްސޮގުން ޓީމުންނެވެ. ހުސްސޮގުން ޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ފާތިމަތު ޝަފްނާ އަދި އައިޝަތު ރަޝީދާއެވެ. މި މެޗްގައި އައިޝަތު ރަޝީދާވަނީ 2 ލަނޑު ޖަހާފައެވެ.

މިރޭ ކުޅުނު ދެވަނަ މެޗްގައި ޔުނައިޓެޑް ޥި އަދި އެފްސީ ހަމަދޫކޮށްލީ ކުޅެނީ |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިރޭ ކުޅުނު ދެވަނަ މެޗްގައި ޔުނައިޓެޑް ޥި އަދި އެފްސީ ހަމަދޫކޮށްލީ ކުޅެނީ |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޔުނައިޓެޑް ވީ އާއި އެފްސީ ހަމަދޫކޮށްލީ ބައްދަލުކުރި މެޗް ނިމުނީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ވީ މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗްގައި ޔުނައިޓެޑް ވީ ގެ ލަނޑުތަށް ކާމިޔާބު ކޮށްދީފައިވަނީ އައިމިނަތު ރީނާ، ޝަހުލާ އަލީ އަދި ޝަހްމާ އަބްދުއްރަޙްމާންއެވެ. ޝަހްމާ ވަނީ މި މެޗްގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ.

އިރުމަތީ ލަވާރސް ފެމިނާ އާއި ރުވާ ސްޕޯޓްސް ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިރުމަތީ ލަވާރސް ފެމިނާ އާއި ރުވާ ސްޕޯޓްސް ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިރޭ ކުޅުނު ތިންވަނަ މެޗްގައި ބައްދަލުކުރީ އިރުމަތީ ލަވާރސް ފެމިނާ އާއި ރުވާ ސްޕޯޓްސް އެވެ. މި މެޗް އިރުމަތީ ލަވާރސް ފެމިނާ އިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެެވެ. މި މެޗްގައި އިރުމަތީ ލަވާރސް ފެމިނާ ޓީމުގެ 2 ލަނޑުވެސް ކާމިޔާބުކޮށްދިނީ ފާތިމަތު ޒާހިރާއެވެ. ރުވާ ސްޕޯޓްސް އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުވައިދާ އަބްދުއް ޝަކޫރްއެވެ.

ޕްރެގް ލޭޑީސް އާއި ފްރެންޑްސް ބައްދަލުކުރި މެޗްގެ ތެރެއިން
ޕްރެގް ލޭޑީސް އާއި ފްރެންޑްސް ބައްދަލުކުރި މެޗްގެ ތެރެއިން

މިރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ޕްރެގް ލޭޑީޒް އާއި ފްރެންޑްސް ޓީމެވެ. މި މެޗް 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕްރެގް ލޭޑީސް ޓީމުންނެވެ. ޕްރެގް ލޭޑީޒް ޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އާލިމާ ހުސައިން، އައިޝަތު ދިފްލާ އަދި މީޒާ އަބްދުލްއަޒީޒެވެ. ފްރެންޑްސް ޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ މުނީރާ އުމަރު އަދި ފާތިމަތު ޒީނިޔާއެވެ.

މި މުބާރާތުގައި މާދަމާރޭވެސް 4 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
20:00 މަގޫ ސްޓާރސް – ހުސްސޮގުން
20:45 އަގްލިއޯ އޮލިއޯ – ޔުނައިޓެޑް ވީ
21:30 ވެލާ ސިޓީ – އިރުމަތީ ލަވާރސް ފެމިނާ
22:15 އެފްސީ ހަމަދޫކޮށްލީ – ޕްރެގް ލޭޑީސް

މި މުބާރާތުގެ ސެމީ ފައިނަލް މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ 14 ވަނަ ދުވަހުގެ ރެއެވެ. އަދި ފައިނަލް މެޗް އޮންނާނީ 15 ވަނަ ދުވަހުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.