ރުވާ ބަލިކޮށް އެމް.އޭ ޔުނައިޓެޑް ސެމީއަށް

މިއަދު ހަވީރު އެމް.އޭ ޔުނައިޓެޑް އާއި ރުވާ ސްޕޯޓްސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު އެމް.އޭ ޔުނައިޓެޑް އާއި ރުވާ ސްޕޯޓްސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު އޭދަފުށީގައި ކުރިޔަށްދާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ރުވާ ސްޕޯޓްސް އާއި އެމް.އޭ ޔުނައިޓެޑް ބައްދަލުކުރި މެޗް އެމް.އޭ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗް އެމް އޭ ޔުނައިޓެޑް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ރުވާ ސްޕޯޓްސް އިންނެވެ. މި ލަނޑު
މެޗްގެ 8 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހަސަން އަދުހަމްއެވެ. އެމް އޭ ޔުނައިޓެޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ)އެވެ. އެމް އޭ ޔުނައިޓެޑުން މެޗުގެ ލީޑު ނެގި ގޯލްވެސް 32 ވަނަ މިނިޓްގައި ކާމިިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ)އެވެ. އެމް އޭ ޔުނައިޓެޑުން މި މެޗުގައި ޖެހި ފަހު ލަނޑު ދެވަނަ ހާފް ނިމެން ކުޑަތަން ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒާހިރްއެވެ. މި ނަތީޖާއާއެކު އެމް އޭ ޔުނައިޓެޑް ގްރޫޕް ސްޓޭޗްގައި ކުޅުނު ދެ މެޗުން ވަނީ 4 ޕޮއިންޓް ހޯދާފައެވެ. އެހެން ކަމުން ގްރޫޕް އޭ އިން ސެމީއަށް ދާނެ ދެވަނަ ޓީމް ކަށަވަރު ވާނީ އަންނަ އަންގާރަ ދުވަހު ހެނދުނު ހުސްސޮގުން ނާއި ރުވާ ސްޕޯޓްސް ބައްދަލުކުރާ މެޗްގެ ނަތީޖާ ނިކުންނަ ގޮތުކުންނެވެ.

މި މުބާރާތުގައި މިއަދު ހެނދުނު ޔުނައިޓެޑް ވީ އާއި އެންޖޯއި ފްރެންޑްސް ބައްދަލުކުރި މެޗް ނިމުނީ ދެ ޓީމުން ކުރެއް އެއްޓީމަކަށްވެސް ލަނޑެއް ނުޖެހި 0-0 ނަތީޖާއަކުންނެވެ. މި މެޗްގައި ޔުނައިޓެޑް ވީ އަަށް ވަނީ ނަތީޖާ ބަދަލުކޮށްލުމަށް ޕެނަލްޓީއެއް ލިބިފައެވެ. އެހެންނަމެވެސް އެޓީމުގެ އަހުމަދު ނިޔާޒް ޖެހި ޕެނަލްޓީ ވަނީ ކީޕަރ ހިފަހައްޓާފައެވެ.

މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެއީ ސައިނޯސާ އާއި ޔުނައިޓެޑް ވީ ބައްދަލުކުރާ މެޗެވެ. މި މެޗް ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.