ޔުނައިޓެޑް ވީ ބަލިކޮށް ސައިނޯސާގެ ފެށުން ރަގަޅުކޮށްފި

މިއަދު ހަވީރު ޔުނައިޓެޑް ވީ އާއި ސައިނޯސާ ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ޔުނައިޓެޑް ވީ އާއި ސައިނޯސާ ބައްދަލުކުރި މެޗްގެ ތެރެއިން |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ކުރިޔަށްދާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ޔުނައިޓެޑް ވީ އާއި ސައިނޯސާ ބައްދަލުކުުރި މެޗް ސައިނޯސާ ޓީމުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.

ސައިނޯސާ އިން އިން މި މެޗް ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. ސައިނޯސާ ޓިމުގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހުސައިން ޝިމާޒް (ކޮކީ)އެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުންނެވެ. ދެން ފެނިގެން ދިޔައީ ސައިނޯސާ ޓީމުގެ ކެޕްޓަން އަފްރާހް އެ ޓީމަށް އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކުރިތަނެެވެ. މި ލަނޑު އަފްރާހް ޖެހީ މެޗުގެ 50 ވަނަ މިނިޓްގައެވެ. ސައިނޯސާ ޓީމުގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ޝީމާޒްއެވެ. މި ލަނޑާއެކު އޭނާ ވަނީ މިމެޗްގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ މި ސައިނޯސާ ޓީމުގެ ޖާޒީ ނަންބަރ 9 ހުސައިން ޝިމާޒްއެެވެ.

މި މުބާރާތުގައި މާދަމާ 2 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި މާދަމާ ހެނދުނު ބައްދަލު ކުރާނީ ރުވާ ސްޕޯޓްސް އާއި ހުސްސޮގުންނެވެ. ދެވަނަ މެޗްގައި މާދަމާ ހަވީރު ބައްދަލުކުރާނީ އެންޖޯއި ފްރެންޑްސް އާއި ސައިނޯސާ އެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އޭދަފުށި ޓައިމްސް (އީޓީ)އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.