އޭދަފުށީގައި އާ ރެސްޓޯރެންޓެއް ހުޅުވައިފި

"ބެއްލާ ވިސްތާ" ގެ ނަމުގައި އޭދަފުށީގައި މިއަދު ހުޅުވި ރެސްޓޯރަންޓް—އީޓީ ފޮޓޯ / ނައުޝަލް
“ބެއްލާ ވިސްތާ” ގެ ނަމުގައި އޭދަފުށީގައި މިއަދު ހުޅުވި ރެސްޓޯރަންޓް—އީޓީ ފޮޓޯ / ނައުޝަލް

“ބެއްލާ ވިސްތާ” ގެ ނަމުގައި އޭދަފުށީގައި އާ ރެސްޓޯރެންޓެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

މިރަށު ސަބްނަމް މަގު އޮޒޮކް ފިހާރަކައިރީ ރަތް ބަގީޗާގޭގައި “ވިސްތާ ބެއްލާ” ރެސްޓޯރެންޓް ހުޅުވީ މިއަދު ހެނދުނު އެވެ.

ރެސްޓޯރެންޓް ހަދާފައިވާ ގޮތަށް ބަލާ އިރު ހާއްސަކޮށް އެތަނުގެ އިންޑޯގެ އިންޓީރިއާ ވަރަށް ހިތްގައިމުކަން ފާހަގަކޮށްލެވެ އެވެ.

"ބެއްލާ ވިސްތާ" ގެ ނަމުގައި އޭދަފުށީގައި މިއަދު ހުޅުވި ރެސްޓޯރަންޓް—އީޓީ ފޮޓޯ / ނައުޝަލް
“ބެއްލާ ވިސްތާ” ގެ ނަމުގައި އޭދަފުށީގައި މިއަދު ހުޅުވި ރެސްޓޯރަންޓް—އީޓީ ފޮޓޯ / ނައުޝަލް

ރެސްޓޯރެންޓްގެ ވެރިޔާ މުހައްމަދު މުޖުތަބާ (މުޖޭ) ބުނި ގޮތުގައި “ބެއްޔާ ވިސްޓާ” އަކީ ކަސްޓަމަރުންނާ ވަަރަށް ރައްޓެހިކޮށް، އަދި ކަސްޓަމަރުން ބޭނުންވާ ކަހަލަ ހިދުމަތްތަކެއް އަވަސްކަމާ އެކު ލިބިގެންދާނެ ތަނެކެވެ.

“މިތަނަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ހިދުމަތް ހޯދައި ގަނެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ ތަނެއް. އަގުތައް ހުންނާނި އެންމެ އާދައިގެ މީހާގެ އަތްފޯރާ ހިސާބުގައި،” ގާތްގަޑަކަށް 1.3 މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ހަދާފައިވާ ރެސްޓޯރެންޓާ ބެހޭ ގޮތުން މުޖޭ ބުންޏެވެ.

“އޭދަފުށި ކަހަލަ ތަނެއްގައި މި ކަހަލަ ތަނެއް ހުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަންނޭނގޭ. އެހެންވެ އަސްލު ބޮޑު ތަނެެއް ހަދައިގެން މިކަން ކުރީ،”

"ބެއްލާ ވިސްތާ" ގެ ނަމުގައި އޭދަފުށީގައި މިއަދު ހުޅުވި ރެސްޓޯރަންޓްގައި ބަޔަކު ހިދުމަތް ހޯދަނީ، މި ރެސްޓޯރަންޓް ހަދާފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށް—އީޓީ ފޮޓޯ / ނައުޝަލް
“ބެއްލާ ވިސްތާ” ގެ ނަމުގައި އޭދަފުށީގައި މިއަދު ހުޅުވި ރެސްޓޯރަންޓްގައި ބަޔަކު ހިދުމަތް ހޯދަނީ، މި ރެސްޓޯރަންޓް ހަދާފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށް—އީޓީ ފޮޓޯ / ނައުޝަލް

އެއްފަހަރާ 120 މީހުންނަށް ހިދުމަތް ދެވޭނެ މި ރެސްޓޯރެންޓްގައި ކައިވެނި ޕާޓީތަކާއި އުފަން ދުވަހުގެ ޕާޓީތައް ވެސް ބާއްވައިދެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.