ރުވާ ކަޓުވާލުމަށް ފަހު ހުސްސޮގުން ސެމީއަށް

މިއަދު ހެނދުނު ރުވާ ސްޕޯޓްސް އާއި ހުސްސޮގުން ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހެނދުނު ރުވާ ސްޕޯޓްސް އާއި ހުސްސޮގުން ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި މިހާރު ކުރިޔަށްދާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗް ހުސްސޮގުން ޓީމުން ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

ރުވާ ސްޕޯޓްސް އާއި ހުސްސޮގުން ބައްދަލުކުރި މި މެޗް ހުސްސޮގުން ޓީމުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ހުސްސޮގުން ޓީމުންނެވެ. މި ލަނޑު 36 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު ހުމައިދެވެ. ދެވަނަ ލަނޑު މެޗްގެ ގެ 66 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފްއެވެ. އޭގެ 2 މިނިޓްފަހުން ހުސްސޮގުން ޓީމުން ވަނީ އެޓީމުގެ 3 ވަަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ހުސްސޮގުން ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނަސީމެވެ.

ރުވާ ސްޕޯޓްސް އިން މި މެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 73 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހަސަން އަދުހަމްއެވެ. އެ ޓީމުން ޖެހި ދެވަނަ ލަނޑު ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އައިމާން ހަބީބްއެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހުސްސޮގުން ޓީމުގެ އަހުމަދު ހުމައިދެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް އެމް.އޭ ޔުނައިޓެޑް ގޮސްފާވާއިރު ދެވަނައި ގޮތުގައި ހުސްސޮގުން ޓީމުވަނީ ސެމީއަށް ގޮސްފައެވެ.
މި މުބާރާތުގެ ގްރޫޕް ބީ އިން ސެމީއަށް ދާނެ 2 ޓީމެއް ކަށަވަރުވާނީ މިއަދު ހަވީރު އެންޖޯއި ފްރެންޑްސް އާއި ސައިނޯސާ ބައްދަލުކުރާ މެޗް ނިމުމުންނެވެ. މި މެޗް ފަށާނީ މިއަދު ހަވީރު 4:00 ގައެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.