ފޭލިން ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާ ރޭ އޭދަފުށީގައި ބައްދަލުކުރައްވައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި ޓޫރިޒަމް މިނިސްޓަރާ މަޝްވަރާ ކުރެއްވީ އޭދަފުށީގެ ތަރައްގީއަށް ކުރަންހުރި ބައެއް ކަންތައްތަކަށް އެއްބާރުލުން ދެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

“މިބައްދަލުވުމުގައި މައިގަޑު ގޮތެއްގައި ވާހަކަ ދެކެވުނީ މިރަށުގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި ރައްޔިތުންނަށް ގޯތި ނުލިބިގެން ދިމާވެފައިހުރި ދަތިތައް ހައްލުކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން. މި ވާހަކަތައް މައިގަނޑު ގޮތެއްގައި މިނިސްޓަރާ ހިއްސާ ކުރެވުނީ،” މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ފޭލި ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި އޭދަފުށީގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމާބެހޭ ގޮތުންނާއި ޖާގައިގެ ގޮތުން ތަނަވަސް މިސްކިތެއް އެޅުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

“އަދި އޭދަފުށީ ރައްޔިތުން މާއްޑޫއާ ދޭތެރޭ ދެކޭގޮތް މި ބައްދަލުވުމުގައި މިނިސްޓަރު އޮޅުންފިލުވި، މިނިސްޓަރު ވިދާޅުވީ މާއްޑުއަކީ އަދިވެސް އޭދަފުށީކައުންސިލުގެ ރަށެއްގެ ގޮތުގައި އޮތް ރަށެއްކަމަށް،”

މީގެ އިތުރުން ފަޅުތެރެ ދެރަށް ކަމަށްވާ ފުޅާދޫ އާއި ފެހެންދޫ ރައްޔިތުންނަށް ހުރި ދަތިތަކާބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

އީދު ޗުއްޓީއަށް މިނިސްޓަރު ޒަމީރު އޭދަފުއްޓަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ޒަމީރު ކައިވެނިބައްލަވައިގެން އުޅުއްވަނީ އޭދަފުށީ ބޭކަނބަލަކާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.