ސެމީގެ ފަހު ޖާގަ ސައިނޯސާ އާއި އެންޖޯއި ފްރެންޑްސް އަށް

މިއަދު ހަވީރު އެންޖޯއި ފްރެންޑްސް އާއި ސައިނޯސާ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު އެންޖޯއި ފްރެންޑްސް އާއި ސައިނޯސާ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ސައިނޯސާ އަދި އެންޖޯއި ފްރެންޑްސް ހޯދައިފިއެވެ. ސެމީ ފައިނަލުގެ ފަހު ދެ ޖާގަ މި ދެޓީމަށް ކަށަވަރުވީ މިއަދު މި ދެޓީމު ކުޅުނު މެޗްގެ ނަތީޖާ ނިކުތްގޮތުންނެވެ.

މިއަދު ހަވީރު އެންޖޯއި ފްރެންޑްސް އާއި ސައިނޯސާ ބައްދަލުކުރި މެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ސައިނޯސާ އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ހަމަ އެކަނި ގޯލް ހައިޝަމް ހަސަން ގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ މިމްރާހް އަބްދުލް އަޒީޒެވެ. މި ގޯލް އެޓީމުން ކާމިޔާބުކުރީ މެޗްގެ 75 ވަނަ މިނިޓްގައެވެ. މި މެޗްގައި އެންޖޯއި ފްރެންޑްސް ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއްހޯދާފައެވެ. އެހެންނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭގޮތް ވަނީ ނުވެފައެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މިއަދުގެ މެޗްގައި މޮޅު ކުޅުމެއްދެއްކި ސައިނޯސާ ޓީމުގެ ހަމްދާން އަބްދުއްސައްތާރުއެެވެ.

މި ނަތީޖާއާއެކު ސައިނޯސާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ގްރޫޕް ބީ ގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައެވެ. އަދި އެންޖޯއި ފްރެންޑްސް ވަނީ ގްރޫޕް ބީ ގެ ދެވަނައިގެ ގޮތުގައި ސެމީއިން ޖާގައެއް ހޯދާފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗްތައް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ހެނދުނު ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެމް.އޭ ޔުނައިޓެޑް އާއި އެންޖޯއި ފްރެންޑްސްއެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗްގައި އެދުވަހު ހަވީރު ސައިނޯސާ ޓީމު ނިކުންނާނީ ހުސްސޮގުން ޓީމާ ދެކޮޅަށެވެ. ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.