ވުމެންސް ފުޓްސަލް މުބާރާތުގެ ފައިނަލަށް މަގޫ ސްޓާސް އާއި ހުސްސޮގުން

ފުރަތަމަ  މެޗްގައި މަގޫ ސްޓާރސް އާއި ޕްރެގް ލޭޑިސް ކުޅެނީ |އިޓީ ފޮޓޯ:ރާއިފް ޔޫސުފް
ފުރަތަމަ މެޗްގައި މަގޫ ސްޓާރސް އާއި ޕްރެގް ލޭޑިސް ކުޅެނީ |އިޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އޭދަފުށި ޒުވާން ގްރޫޕެއް ކަމަށްވާ ޑައުންޓައުން ގްރޫޕުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް މަގޫ ސްޓާރސް އަދި ހުސްސޮގުން
ދަތުރުކޮށްފިއެވެ

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަކުރީ މަގޫ ސްޓާރސް އާއި ޕްރެގް ލޭޑީސްއެވެ. މި މެޗް 0-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަގޫ ސްޓާރސްއިންނެވެ. މަގޫ ސްޓާރސް ޓީމުން ޖެހި 5 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އައިމިނަތު އަޒީމާއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ޔުނައިޓެޑް ވީ އަދި ހުސްސޮގުން ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ޔުނައިޓެޑް ވީ އަދި ހުސްސޮގުން ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޔުނައިޓެޑް ވީ އާއި ހުސްސޮގުން ބައްދަލުކުރި ސެމީ ފައިނަލުގެ ދެވަނަ މެޗް 0-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ ހުސްސޮގުން ޓީމުންނެވެ. މެޗްގައި ހުސްސޮގުން ޓީމުން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު ރަޝީދާ އަދި ފާތިމަތު ޝަފްނާއެވެ.

މި ނަތީޖާއާއެކު މި މުބާރާތުގެ ފައިނަލް މެޗްގައި މާދަމާރޭ މަގޫ ސްޓާރސް ޓީމާ ދެކޮޅަށް ނިކުންނާނީ ހުސްސޮގުން ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.