ޕެނަލްޓީ ޖަހައިގެން އެންޖޯއި ފްރެންޑްސް ބަލިކޮށް އެމް.އޭ ޔުނައިޓެޑް ފައިނަލަށް

މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އެމް.އޭ ޔުނައިޓެޑް އަދި އެންޖޯއި ފްރެންޑްސް ބައްދަލުކުރި މެޗް ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އެމް.އޭ ޔުނައިޓެޑް އަދި އެންޖޯއި ފްރެންޑްސް ބައްދަލުކުރި މެޗް ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން މިހާރުކުރިޔަށް ގެންދާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗް ޕެނަލްޓީ ޖަހައިގެން އެންޖޯއި ފްރެންޑްސް ބަލިކޮށް އެމް.އޭ ޔުނައިޓެޑް ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޮށްފިއެވެ.

މިއަދު ހެނދުނު ކުޅުނު މި މެޗް ގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތިޖާއަކީ 1-1 އެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ އެންޖޯއި ފްރެންޑްސްއިންނެވެ. މި ލަނޑު މެޗްގެ 4 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހްމަދު ޝާންއެވެ. އެހެންނަމަވެސް އޭގެ 4 މިނިޓް ފަހުން އޭރިޔާތެރެއިން އެންޖޯއި ފްރެންޑްސް ގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން އެމް.އޭ ޔުނައިޓެޑްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ)އެެވެ. އެެހެންކަމުން 1-1 ކުން މެޗް ގެ ނަތީޖާ އެއްވަރުވެގެން ނިމުުުމުން ޖެހި ޕެނަލްޓީ އިން 5-7 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ އެމް.އޭ ޔުނައިޓެޑްއެވެ. ޕެނަލްޓީ ގައި އެންޖޯއި ފްރެންޑްސްއަށްވަނީ މެޗުން މޮޅުވުމަށް ރަނުގެ 3 ޕެނަލްޓީ ލިބިފައެވެ. ނަމަވެސް އެ 3 ޕެނަލްޓީވެސް ވަނީ ކާމިޔާބުކުރެވޭގޮތް ނުވެފައެެވެ. މި މެޗްގައި ދެ ޓީމްގެ ވެސް ގޯލް ކީޕަރުން ވަނީ މުހިންމު ސޭވް ތަކެއްކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗްގައި އެމް.އޭ ޔުނައިޓެޑް އާ ދެކޮޅަށް ނިކުންނާނެ ޓީމެއް ކަށަވަރު ވަނީ މިއަދު ހަވީރު ސައިނޯސާ އާއި ހުސްސޮގުން ބައްދަލުކުރާ މެޗް ނިމުންނެވެ. ފޯރިގަދަވާނެ ކަމަށް ބެލެވޭ މި މެޗް ފަށަނީ މިއަދު ހަވީރު 4:00 ގައެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާރ އަކަށް ހަމަޖައްސާފައިވަނީ އޭދަފުށި ޓައިމްސް އީޓީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.