ފައިނަލުގެ ފަހު ޖާގަ ހުސްސޮގުން އަށް

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ހުސްސޮގުން ޓީމާއި ސައިނޯސާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ހުސްސޮގުން ޓީމާއި ސައިނޯސާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފްރެންޑްލީ ޔޫތު ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހުސްސޮންގުން ޓީމުން ހޯދައިފި އެވެ.

މިއަހަރު މި މުބާރާތުގައި އަލަށް ބައިވެރިވި ހުސްސޮގުން ފައިނަލަށް ދިޔައީ މިއަދު ހަވީރު ސައިނޯސާ އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ހުސްސޮންގުން މި މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ހުސްސޮގުން ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 16 ވަނަ އަލީ ނަސީމު އެވެ.

މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނެވެ. އަދި ހާއްސަކޮށް ސައިނޯސާއިން ގޯލާ އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތައް ހުސްސޮގުން ޓީމުގެ ކީޕަރު ހުށިޔާރުކަމާއެކު ވަނީ ދިފާއުކޮށްފަ އެވެ.

މުބާރާތުގެ ފައިނަލުގައި މާދަމާ ހަވީރު ހުސްސޮންގުން ނުކުންނާނީ އެމްއޭ ޔުނައިޓެޑް އާ ދެކޮޅަށެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީގައި ޕެނަލްޓީ ޖަހައިގެން 7-5 އިން އެންޖޯއި ފްރެންޑްސް ބަލިކުރުމަށްފަހު އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިހާތަނަށް އޭދަފުށީގައި ބޭއްވި މުބާރާތްތަކަށްވުރެ ބޮޑު އަދަދެއް ފައިސާގެ އިނާމުގެ ގޮތުގައި ދޭނެ ކަމަށްވެ އެވެ. ނަމަވެސް އެއީ ކިހާވަރެއްކަން އަދިވެސް ޔަގީނެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.