ވިމެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަގޫ ސްޓާސް އަށް

ޑައުންޓައުން ވުމެންސް ފުޓްސަލް މުބާރާތުގެ ޗެންޕިއަން ޓީމް މަގޫ ސްޓާރސް
ޑައުންޓައުން ވުމެންސް ފުޓްސަލް މުބާރާތުގެ ޗެންޕިއަން ޓީމް މަގޫ ސްޓާރސް

ޑައުންޓައުން ވިމެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަގޫ ސްޓާސް ޓީމުން ހޯދައިފި އެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހުސްސޮގުން ކްލަބާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.މަގޫ ސްޓާރސް ޓީމުން ކާމިޔާބު ކުރި 3 ލަނޑުވެސް އެޓީމަށް ޖަހައިދިނީ އައިމިނަތު އަޒީމާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ މަގޫ ސްޓާގެ އައިޝަތު އަޒީމާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް މަގޫ ސްޓާގެ އައިޝަތު އަޒީމާ އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ވެސް ހިމެނިފަ އެވެ.

އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ހުސްސޮގުންގެ އައިޝަތު ރަޝީދާ، މަރިޔަމް ލީޝާ، ފާތުމަތު ޝަފްނާ އަދި އިރުމަތީ ލަވާސް ފެމިނާގެ ފާތުމަތު ޒާހިރާ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ މަގޫ ސްޓާގެ މުހައްމަދު ނަބީލު އެވެ. ފެއާ ޕްލޭ ޓީމަކީ އިރުމަތީ ލަވާސް ފެމިނާ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޑައުންޓައުން ގްރޫޕުން 4،000ރ އަދި ރަނާ އަޕް ޓީމަށްވަނީ 2،000ރ ދީފަ އެވެ. އަންނަ އަހަރުގެ ބޮޑު އީދު ބަންދުގައި ވެސް މިމުބާރާތް ބާއްވާނެ ކަމަށް އެ ގްރޫޕުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.