އެމްއޭ ޔުނައިޓެޑަށް ބޮޑުއީދު މުބާރާތުގެ ތަށި ފަސްވަނަ ފަހަރަށް، ރެކޯޑެއް

ފްރެންޑްލީ ޔުތް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަން ޓީމަށް މިލްކުވާ ޓްރޮފީ ދެނީ. މިއީ އެމް.އޭ ޔުނައިޓެޑުން މި މުބާރާތް ކާމިޔާބު ކުރި 5 ވަނަ ފަހަރު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ފްރެންޑްލީ ޔުތް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަން ޓީމަށް މިލްކުވާ ޓްރޮފީ ދެނީ. މިއީ އެމް.އޭ ޔުނައިޓެޑުން މި މުބާރާތް ކާމިޔާބު ކުރި 5 ވަނަ ފަހަރު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބޮޑުއީދު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހުސްސޮގުން ފުޓްބޯޅަ ޓީމު އަތުން 1-0 އިން މޮޅުވެ ފަސް ވަނަ ފަހަރަށް އެމްއޭ ޔުނައިޓެޑުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފައިނަލު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެމްއޭ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ފަސް ވަނަ މިނިޓްގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޒްމީން އަބްދުއްސައްތާރު އެވެ.

dsc_0175xx

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ އެމްއޭ ޔުނައިޓެޑްގެ މުހައްމަދު ސައިމަން އެވެ. އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔަކަށް ހުސްސޮގުން ޓީމުގެ އަހުމަދު ލަތީފް ހޮވުނު އިރު، އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ މުބާރާތުގައި އެންމެގިނަ ގޯލު ޖެހި އެމްއޭ ޔުނައިޓެޑްގެ މުހައްމަދު ފާސިރު އެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމްއޭ ޔުނައިޓެޑްގެ ނިޝާމް މުހައްމަދު ރަޝީދެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ހުސްސޮގުން ޓީމުގެ އަހުމަދު ޝާހިދު އެވެ. އެންމެ މޮޅު ކޯޗަކީ އެމްއޭ ޔުނައިޓެޑްގެ ކޯޗް އިސްމާއިލް ރަޝީދެވެ.

މިއަދު ކުޅުނު ފައިނަލް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފައިނަލް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޒުވާނުންގެ ކްލަބުން 60،000ރ އަދި ރަނާ އަޕް ޓީމަށްވަނީ 25،000ރ، ދީފަ އެވެ.
އެމްއޭ ޔުނައިޓެޑުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން އެ ޓީމުވަނީ މި މުބާރާތުގެ ތަށި ފަސް ފަހަރަށް ކާމިޔާބުކޮށް ރެކޯޑް ހަދައިފަ އެވެ. އެމް ޔުނައިޓުން ކުރިން މުބާރާތް ކާމިޔާބުކުރީ 2001، 2002، 2012 އަދި 2014 ގަ އެވެ.

މި ރެކޯޑާ އެކު އެމްއޭ ޔުނައިޓެޑް ވެފައިވަނީ ބޮޑުއީދު މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކުރި ޓީމަށެވެ.
ބޮޑުއީދު މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ނެގި ޓީމުގެ ރެކޯޑް ކުރިން އޮތީ ހަތަރު ފަހަރު މުބާރާތް ކާމިޔާބުކުރި ސައިނޯސާ ފުޓްބޯޅަ ޓީމު އަތުގަ އެވެ.

ކޮންމެ އަހަރެއްގެވެސް ބޮޑުއީދު ބަންދުގައި ބާއްވަމުން އަންނަ މި މުބާރާތް މިއަހަރު ބާއްވާފައިވަނީ “ފްރެންޑްލީ ޔޫތުކަޕް” ގެ ނަމުގަ އެވެ. މިއަހަރުވެސް މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނީ އޭދަފުއްޓަށް އުފަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

 

dsc_0163

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.