މިއަހަރުވެސް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ

ވޭތުވެ ދިޔަ އަހަރެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ ފަހިކޮށްދީފިއެވެ.

އުރީދޫން ބުނީ މިއަހަރުގެ ރަމަޟާން މަހު، ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ މި ފުރަބަންދުގެ ދުވަސްވަރުގައި ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކެވުމަށް:

  • އެމް-ފައިސާ އަށް ލޮގިން ކުރައްވާ
  • އެމް-ފައިސާ ސަރވިސަސް އިން ‘ފިތުރު ޒަކާތް’ ނަންގަވާ
  • ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިޚްތިޔާރުކުރައްވާ
  • ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، ޕޭމަންޓް ކޮންފާމް ކުރައްވާ

އެމް-ފައިސާ މެދުވެރިކޮށް މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ޒަކާތުގެ އިތުރުން، ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

އެމް-ފައިސާގެ އެހެން ޚިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުމާއި އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓާއި ފެން ބިލަށް ފައިސާ ދެއްކުމާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުން ހިމެނެ އެވެ. އަދި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފަ އެވެ. އެމް-ފައިސާގެ މި ހިދުމަތްތަކާއި އޮފާތައް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.

އުރީދޫގެ އެމް-ފައިސާގައި ރަޖިސްޓާ ވުމަށްޓަކައި ރެޖިސްޓްރޭޝަނަށް ފިތާލުމަށް ފަހު އެ މީހެއްގެ މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެކައުންޓް އެކްޓިވޭޓް ކުރުމަށްޓަކައި އޯޓީޕީ ނަންބަރު ޖެހުމަށް ފަހު އެ މީހެއްގެ މޯބައިލް ނަންބަރު ޖަހާފައި ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހަން ޖެހޭނެ އެވެ. އެއަށްފަހު ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށް ފަހު ކުރިން ޖެހި ޕިން ޖަހާފައި ފޯނަށް ލިބޭ އޯޓީޕީ ޖެހުމުން ރަޖިސްޓްރޭޝަން ފުރިހަމަ ވާނެ އެވެ.

އުރީދޫގެ އެމް-ފައިސާ އަށް ބީއެމްއެލް އާއި އެސްބީއައިގެ އިތުރުން އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެ އެވެ.

އުރީދޫ އެޕް ޑައުންލޯޑްކުރައްވާ    http://ore.do/app

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.