ޒޯން މުބާރާތް އަންގާރަ ދުވަހު ފަށަނީ، އޮންނާނީ އޭދަފުށީގައި

މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގެ ޒޯން ބުރުގައި އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރ މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގެ ޒޯން ބުރުގައި އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ މެޗުތައް އޭދަފުށީގައި ކުޅޭގޮތަށް ނިންމައި އަންގާރަ ދުވަހު މުބާރާތް ފަށާގޮތަށް އެފް.އޭ.އެމް އިން ތައްޔާރުވެއްޖެ އެވެ. ޒޯން މުބާރާތް ބާއްވަން ޝައުގުވެރިވާ ރަށްތަކުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް އޭދަފުށީގައި މެޗުތައް ކުޅޭގޮތަށް ހަމަޖެއްސިކަން ރަށު ކައުންސިލަށް އެފް.އޭ.އެމް އިން މިހާރު ވަނީ އަންގާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހު ކުޅޭނީ އޭދަފުއްޓާއި ރ. އަތޮޅު ޗެމްޕިއަންކަން ހޯދި އިންނަމާދޫ އެވެ. ދެވަނަ މެޗުގައި ސެޕްޓެމްބަރ 22 ވަނަ ދުވަހު ޅ. އަތޮޅު ޗެމްޕިއަންކަން ހޯދި ނައިފަރު އަދި އިންނަމާދޫ ވާދަކުރާއިރު ފަހު މެޗުގައި ސެޕްޓެމްބަރ 24 ވަނަ ދުވަހު ކުޅޭނީ އޭދަފުއްޓާއި ނައިފަރެވެ.

ޒޯން މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ އޭދަފުއްޓެވެ. މިދިޔަ އަހަރު ރ. އަތޮޅުން ދުވާފަރު މުބާރާތުގައި ވާދަކުރި އިރު ޅ. އަތޮޅުން ވާދަކުރީ ހިންނަވަރެވެ.  ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޓީމުން މިހާރު ވަނީ ޕްރެކްޓިސް ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.