ޔޫއެސް އެމްބަސީއާ ގުޅިގެން ޓްރޭނިން ޕްރޮގްރާމެއް ފަށައިފި

ޔޫއެސް އެމްބަސީން ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމުގައި މައުލޫމާތުދެނީ | ފޮޓޯ / އަތޮޅު ހޮސްޕިޓަލް
ޔޫއެސް އެމްބަސީން ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމުގައި މައުލޫމާތުދެނީ | ފޮޓޯ / އަތޮޅު ހޮސްޕިޓަލް

ބ އަތޮޅު ކައުންސިލާއި ބ އަތޮޅު ހޮސްޕިޓަލް އަދި ޔޫއެސްއެމްބަސީ ގުޅިގެން ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމެއް އޭދަފުށީގައި ފަށައިފި އެވެ.

“ފަސްޓް ރެސްޕޯންސް” ގެ ނަމުގައި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައި އިއްޔެ ފެށި މި ޓްރޭނިން ޕްރޮގްރާމުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބ އަތޮޅުގެ ރަށްތަކުގެ އެކި އޮފީސްތަކުން 21 މީހުން ބައިވެރިވެ އެވެ.

ޔޫއެސް އެމްބަސީން ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމުގައި މައުލޫމާތުދެނީ | ފޮޓޯ / އަތޮޅު ހޮސްޕިޓަލް
ޔޫއެސް އެމްބަސީން ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމުގައި މައުލޫމާތުދެނީ | ފޮޓޯ / އަތޮޅު ހޮސްޕިޓަލް

މި ޕްރޮގްރާމް ނިމޭއިރު ބައިވެރިންނަށް ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ސީޕީ އާރު، ޝޮކެއްޖެހި ނުވަތަ ނޭވާލާން އުނދަގޫ ވެފައި އޮންނަ ބަލިމީހަކަށް ފަސްޓް އެއިޑް ދޭނެ ގޮތާއި ހެމޮރޭޖް ކޮންޓްރޯލްގެ އިތުރުން ހާދިސާއެއް ހިނގައިފިނަމަ ބަލި މީހުން އެސެސް ކުރާނެގޮތުގެ ތަމްރީނާއި މައުލޫމާތު ލިބިގެން ދާނެކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މި ޓްރެއިނިން ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޔޫއެސް އެމްބަސީގެ ފަންނީ ބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.