އެޓޯލް ޗެލެންޖު ނޮވެމްބަރު މަހު، ފުރުސަތު ހުޅުވާލައިފި

football

އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް އަންނަ ނޮވެމްބަރު މަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 27 އިން ޑިސެމްބަރ 15 އަށް އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އަތޮޅުގެ ހުރިހާ ރަށަކަށްވެސް ބައިވެރިވުމުގެ ދައުވަތު މިހާރު ވަނީ ދީފައެވެ.

މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރި ކުރެވޭނީ އެއް ޓީމެވެ. ބައިވެރިވާން ބޭނުންވާ ރަށްތަކުން އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ 18:00 ގެ ކުރިން ސިޓީއަކުން ޔޫ ސްޕޯޓްސް އަށް ހުށަހަޅަން ޖެހެއެވެ. މިފަހަރުވެސް ބައިވެރިވުމުގެ ފީ އަކީ ކޮންމެ ޓީމަކުން 5000 ރުފިޔާއެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މިފަހަރުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު ކުރީ އަހަރުތަކަށްވުރެ ބޮޑުވާނެ ކަމަށެވެ.

އަތޮޅުގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް ލޯބި ޖައްސައި ގައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި މި މުބާރާތް ފެށީ 2012 ވަނަ އަހަރުއެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބ. ފެހެންދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.