ޙިމާޔަތްކޮށްފައިވާ އިތުރު ސަރަޙައްދުތަކުގެ މެނޭޖްމަންޓް ޕްލޭން ހަދަނީ

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ޙިމާޔަތްކޮށްފައިވާ އިތުރު ސަރަހައްދުތައް ބެލެހެއްޓުމަށް ހަދަންޖެހޭ މެނޭޖްމަންޓް ޕްލޭން ހަދައި، މިއަހަރު ނިމުގެ ކުރިން އެ ޕްލޭނަށް އަމަލުކުރަން ފަށާނެކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެފި އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރު ޝާފީ އަލީ ވިދާޅުވީ އެ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭންގެ ޑްރާފުޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާޢި މިއަހަރު ނިމުމުގެ ކުރިން އެ ޕްލޭން އާންމު ކުރެވިގެންދާނެ އެވެ.

ޝާފީ ވިދާޅުވީ މި ޕްލޭނާ އެއްގޮތަށް އަމަލުކުރަން ފެށުމުން އެ ސަރަޙައްދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށެވެ.

ބ. އޮޅުގިރި. އެ ރަށް ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ ވެސް އަރާތީ އާއި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ.
ބ. އޮޅުގިރި. އެ ރަށް ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ ވެސް އަރާތީ އާއި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި މިހާރުވެސް 10 ސަރަހައްދެއް ކޯ އޭރިޔާގެގޮތުގައި ކަނޑައަޅާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އޮޅަގިރި، ދިލަލިހާ، މެންދޫ، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ، އަދި ގޮއިދޫ ކޯރު ސަރަހައްދު ހިމެނެ އެވެ. ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އަދި އަގުބޮޑު ވަސީލަތްތައް ހިމެނޭ ތަންތަނެެވެ.

އެހެން ނަމަވެސް ކޯ އޭރިއާތަކުގެ ތެރެއިން ރަނގަޅަށް މެނޭޖްމެންޓް ޕްލޭނެއް ހެދިގެން ބެލެހެއްޓެމުން އަދި އަންނަނީ ހަނިފަރު ސަރަހައްދު އެކަންޏެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ދެ ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ޑޮލަރު ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.