ދުނިޔޭގެ އެންމެ މަގްބޫލު ކައިވެނި މަންޒިލަކަށް ބ. އަތޮޅު ދުސިތު ތާނީ

ބ. އަތޮޅުގަިއ އޮންނަ ދުސިޓް ތާނީ މޯލްޑިވްސް ރިސޯޓް
ބ. އަތޮޅުގަިއ އޮންނަ ދުސިޓް ތާނީ މޯލްޑިވްސް ރިސޯޓް

ދުނިޔޭގައި ދޭ ހަމައެކަނި ލަގްޒަރީ ވެނިއު އިންޑަސްޓްރީ އެވޯޑް، “ޕްރިސްޓިޖަސް ސްޓާ އެވޯޑް”ގައި ކައިވެންޏެއް ބާއްވަން ދުނިޔޭގެ އެންމެ މަގްބޫލު ތަނަކަށް ބ. އަތޮޅުގައި އޮންނަ ރާއްޖޭގެ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓް ހޮވިއްޖެ އެވެ.

މިދިޔަ ހުކުރުދުވަހު ލަންޑަނުގައި ބޭއްވި މިއަހަރުގެ “ޕްރިސްޓިޖަސް ސްޓާ އެވޯޑް” ރަސްމިއްޔާތުގައި ދުސިތު ތާނީ އަށް އަށް މިއެވޯޑް ލިބުނީ، އެ ކެޓަގަރީއަށް ނޮމިނޭޓްވި ނުވަ ފަރާތުގެ ތެރެއިން ފައިނަލިސްޓުންނަށް ނޮމިނޭޓުވި މޮރޮކޯގެ ޕަލައި ރޯލް އެންޑް ސްޕާ އަދި އިޓަލީގެ ޕުލިނިއޭން ވިލާ އާ ވާދަކޮށްގެންނެވެ.

ތައިލެންޑުގެ މަލްޓިނޭޝަނަލް ހޮސްޕިޓޭލިޓީ ކުންފުންޏެއް ކަމަށްވާ ދުސިތު އިންޓަނޭޝަނަލް އިން ތައިލެންޑް، ޔޫއޭއީ، ޗައިނާ، އެމެރިކާ، ފިލިޕީންސްގެ އިތުރުން އިންޑިއާ، މިސްރު އަދި ކެންޔާގައި 29 ތަނެއް ހިންގަމުންދާއިރު، ދުސިތު ތާނީ މޯލްޑިވްސް އަކީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހިންގާ ހަމައެކަނި ރިސޯޓެވެ.

ދުނިޔޭގެ އެންމެ މަގްބޫލު ކައިވެނި މަންޒިލަކަށް ބ. އަތޮޅު ދުސިތު ތާނީ
ދުނިޔޭގެ އެންމެ މަގްބޫލު ކައިވެނި މަންޒިލަކަށް ބ. އަތޮޅު ދުސިތު ތާނީ

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހު ލަންޑަނުގައި ބާއްވާ “ޕްރިސްޓިޖަސް ސްޓާ އެވޯޑް” ރަސްމިއްޔާތުގައި 20 ދާއިރާ އަކުން އެންމެ ފާހަގަކޮށްލެވޭ ވެނިއުތައް ހޮވުމަށްފަހު އެވޯޑްދެ އެވެ.

އެގޮތުން މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި އެންމެ ގިނަ އެވޯޑެއް ގެންގޮސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުގެ ތަންތަނަށް 20 ކެޓަގަރީން ހަތް އެވޯޑެއް ލިބިފައިވާއިރު، އެމެރިކާ އާއި ތުރުކީ އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ވަނީ ކޮންމެ ގައުމަކުން ދެ އެވޯޑް ގެންގޮސްފަ އެވެ.

މިއަހަރުގެ އެވޯޑަށް އަހަރުގެ ތެރޭގައި ދުނިޔޭގެ 2000 ވެނިއު އެއް ޝޯޓްލިސްޓުކޮށް، 200 ފަރާތެއް ނޮމިނޭޓްވެ ވޯޓްލުމަށް ހުޅުވާލާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.