17:51
މެޗުގެ ކުޅުން ނިމިއްޖެ. އޭދަފުށި 4-1 އިންނަމާދޫ. އޭދަފުށީ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ފާސިރު (ފާއްޓެ) ދެ ލަނޑާއި ކެޕްޓަން މަޖިއްޓެ އަދި އިޝާން (ސައްޓު). އިންނމާދޫ ޓީމަށް ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން އަލީ އަފްރާހް
17:48
ދެވަނަ ހާފް ގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް ދައްކައިފި
17:40
މުހައްމަދު ފާސިރު (ފާއްޓެ)އަށް ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެއްޖެ. ފާއްޓެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށް
17:33
މަޖިއްޓޭ އޭދަފުށީގެ ހަތަރު ވަނަ ލަނޑު ޖަހައިފި. އޭދަފުށި 4-1 އިންނަމާދޫ.
17:26
އޭދަފުށި ޓީމުން މިހާރު ކުޅެމުންދަނީ ވަރަށް ހަމަޖެހިލައިގެން، އެކަމަކު ދެ ޓީމުންވެސް ގިނަ ފައުލް ތަކެއްދަނީ ކުރަމުން
17:12
އޭދަފުށި ތިން ވަނަ ލަނޑު ޖަހައިފި. މި ލަނޑު ޖެހީ ކެޕްޓަން މަޖިއްޓޭގެ އެހީތެރިކަމާއެކު އިޝާން އިބްރާހިމް
17:08
އަލީ ނަސީމުގެ ގެ ބަދަލުގައި އޭދަފުށީ ޓީމުގެ ސާހީ މޫސާ ކުޅެން އަރުވައިފި.
17:05
އިންނަމާދޫ ޓީމުން ދެވަނަ ހާފް ފެށީ ބަދަލަކާއެކީ. މުހައްމަދު ޝިފާހް ގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ނައީމް
17:03
ދެ ވަނަ ހާފްގެ ކުޅުން ފަށައިފި. ފެށީ އިންނަމާދޫ ޓީމުން
4:50
ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. އޭދަފުށި 2-1 އިންނަމާދޫ. އޭދަފުށީގެ ދެ ލަނޑުވެސް ކާމިޔާބުކުރީ ފާއްޓެ
4:45
ފުރަތަަމަ ހާފް އިތުރުވަގުތުގެ ގޮތުގައި 1 މިނިޓް ދައްކައިފި
4:43
ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން އަންނަނީ އޭދަފުށި ފުޓްބޯޅަ ޓީމުން
4:38
އޭދަފުށި ޓީމަށް ލީޑު ފުޅާ ކުރުމަށް ރަނުގެ 2 ފުރުސަތެއް ލިބި އޭގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ބޭނުންކުރެވޭ ގޮތެއް ނުވި
4:28
އަނެއްކާވެސް އޭދަފުށި ޓީމުން ގޯލެއް ޖަހައިފި. މިގޯލް ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު
4:26
އިންނަމާދޫ ޓީމަށް ލިބުނު ކޯނަރަކުން ގޯލެއް ކާމިޔާބުކޮށްފި. ބޮލުން ބޯޅަ ގޯލް ގެ ތެރެއަށް ފޮނުވާލީ އެޓީމުގެ ޖާޒީ ނަންބަރ 11
4:20
އޭދަފުށި ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްފި . މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު
16:09
މެޗްގެ ދިހަ މިނިޓް ކުޅެނިމިގެ ދިޔަ އިރު ދެޓީމަށްވެސް ވަނީ ގޯލް ޖަހާނެ ގޯލް ޖަހާނެ ފުރުސަތެއް ލިބިފައި ހާއްސަކޮށް އޭދަފުށި ޓީމުގެ މުހައްމަދު ފާސިރު އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވޭ
16:02 ފުރަތަމަ ހާފްގެ ކުޅުން ފަށައިފި. ކުޅުން ފެށީ އޭދަފުށީ ޓީމު
އޭދަފުށީ ޓީމުގެ ކެޕްޓަނަކީ އަބްދުލް މަޖީދު (މަޖިއްޓޭ)، ކޯޗަކީ މުހައްމަދު ޒާހިރު (ބައްޓޭ)
15:44
އޭދަފުށި ފުރަތަމަ 11؛ އަހްމަދު އަޝްރަފު، އަބްދުﷲ އަބޫބަކުރު، އަހްމަދު ލަތީފް، އަލީ ނަސީމް، މުހައްމަދު ފާސިރު، އަބްދުލްމަޖީދު ، މުހައްމަދު ސިމާން، ސާމީ އިބްރާހިމް، އިޝާން އިބްރާހިމް، އަހްމަދު ހުމައިދު، އަބްދުﷲ ޒިޔަޒަން )
އިންނަމާދޫ ޓީމުގެ ފުރަތަމަ 11، އިބްރާހިމް ވަސީމް، އިބްރާހިމް އަޒްލީން، އަހްމަދު ތޮލާލު، އަހްމަދު ރުޒާން، އަބްދުﷲ ނަސީމް، އަހްމަދު އަނީސް، މުހައްމަދު ސިފާހު، އަލީ އަފްރާހުް (ކެޕްޓަނަ)، މުހައްމަދު ހާފިޒު، ހުސައިން ނަސީހް، އިބްރާހިމް ފަޔާޒް
15:38
އިންނަމާދޫ ފުޓްބޯޅަ ޓީމުން ރ އަތޮޅުގެ ޗެންޕިއަންކަން ހޯދާފައިވަނީ ފައިނަލް މެޗްގެ ފުރިހަަމަ ވުގުތު ހަމަވިރު އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނެތުނުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން 5-6 މޮޅުވެގެން. އޭދަފުށި ފުޓްބޯޅަ ޓީމަށް ބ އަތޮޅުގެ ޗެންޕިއަންކަން ލިބިފައިވަނީ އެންމެ ފަހު ވަގުތު ދަރަވަންދޫ ޓީމުން އެޓީމުގެ ޓީމު ލިސްޓް އެފްއޭއެމް އަށް ހުޅަނޭޅުމުގެ ސަބަބުން.
މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ފުރަތަމަ މެޗުގައި އޭދަފުއްޓާއި އިންނަމާދޫ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!