ދިރާގު ޕްރީޕެއިޑުގައި މިހާރު ކޮމްބޯ ޕްލޭންސް!

ދިރާގުން އެ ކުންފުނީގެ މޮބައިލް  ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފިއެވެ. 

މިގެނައި ބަދަލްތައް ދައްކާލުމަށް ދިރާގުން ވަނީ ވަރޗުއަލް އިވެންޓެއް ބާއްވާ، ސޯޝަލް މީޑިއާ ޗެނަލްތަކުން ދައްކާފައިއެވެ.

ދިރާގު ޕްރީޕެއިޑަށް ގެނައި އަޕްގްރޭޑް ތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސް. އެމް. އެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން އިތުރު ހިލޭ “ޕަރކްސް” ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބިގެންދާނެއެވެ. މި ހިލޭ ޕަރކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލުމުގެ ފަސޭހަކަން މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ޕްރީޕއެއިޑް “ޕަރކްސް” ތައާރަފްކޮށްފައިވަނީ، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ފަދަ ޚިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެންނެވެ. އަދި މީގެ އިތުރުންވެސް ދިރާގުން ދަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކުން ބޭނުންވާ ފަދަ ޚިދުމަތްތަކުން އިތުރު ޕަރކްސް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 250 ރުފިޔާ އިން ފެށިގެން ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭ އިރު، މި ޕެކޭޖްތައް ދިރާގު ޕްރީޕެއިޑް އަދި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.  

އަލަށް ތައާރަފުކުރި ކޮމްބޯ ޕްލޭންސް އާ ގުޅިގެން ދިރާގު ކޮންސިއުމަރ މާކެޓް މެނޭޖަރ އައިޝަތް އިޝާނާ ވިދާޅުވިގޮތުފައި، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބި، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އެގޮތުން، ދިރާގު ޕްރީޕެއިޑް ޚިދުމަތަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ޚިދުމަތެއް ލިބި، ހަރަދުކުރަން ޖެހޭ މިންވަރު ވެސް ކުޑަވެގެންދާނެކަމަށެވެ.  

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވާނެއެވެ. 

ދިރާގުން ބުނިގޮތުގައޮ ދިރާގު ޕްރީޕެއިޑް ޚިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް އަދި ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭތްކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ. ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.  

ދިރާގުގެ އާ ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް https://www.dhiraagu.com.mv/dhiraagu_Prepaid.aspx

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.