ދިރާގު ޕޭ ކަސްޓަމަރުންނަށް ކޭޝްބެކް ޕްރޮމޯޝަނެއް

ދިރާގު ޕޭ މެދުވެރިކޮށް ކުރާ ވިޔަފާރިއަކަށް ކޭޝްބެކް ނުވަތަ ދެއްކި ފައިސާއިން ބައެއް އަނބުރާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ފެށި މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑްކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ ފަސް ޕަސެންޓު ދިރާގު ޕޭ ވޮލަޓަށް ޖަމާވާނެ އެވެ.

ދިރާގުން ބުނީ ގިނަވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެ ކަމަށެވެ. މި ފައިސާ ޖަމާވުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކަން އަންގާނެ އެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން “ޓްރާންސެކްޝަން ހިސްޓަރީ” ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކްގެ ގޮތުގައި ލިބުނު އަދަދު ރަނގަޅު ތޯ ވެސް ބަލާލެވޭނެ އެވެ.

މި ދުވަސްވަރު ސާފުތާހިރު ކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވެ، ޑިޖިޓަލް ވޮލެޓާއި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބާރު އަޅަމުންނެވެ. ދިރާގު ޕޭއަކީ މިކަމަށް ފަސޭހަ އަދި ރައްކާތެރި ހިދުމަތެކެވެ.

ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށްވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދޭ މަޝްހޫރު ކެފޭ ރެސްޓޯރަންޓް، ފިހާރަ، ސެލޫން އަދި ހޮސްޕިޓަލްތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ. ދިރާގު ޕޭއަށް “ކޭޝް އިން” ނުވަތަ ފައިސާ ޖަމާކުރަން ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ ބޭނުންކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.