ބ. ދަރަވަންދޫ ބަނދަރު ސަހައްދުން މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ދަރަވަންދޫ ޕޮލިސް ޑެސްކްގެ ފުލުހުންނާއި ކެންދޫ ޕޮލިސް ޑެސްކްގެ ފުލުހުން އަދި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ފެނުނު އެއްޗެހީގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުޑަ ދެ ރަނބަރު ޕެކެޓާއި ބޮޑު ރަނބަރު ޕެކެޓެއް ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި މިތަކެތި ފެނުނީ ދަރަވަންދޫ ބަނދަރު ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑް ކައިރިންނެވެ.
ފުލުހުން ބުނީ މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.