ފެހެންދޫ ބަނދަރުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައިި މި މަސައްކަތުގެ ދަށުން އެރަށުގައި މިހާރު ކުރިއަށްދަނީ ބަނދަރުގެ ބޭރު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތެރެ ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 31 ޕަސެންޓް ވާނީ މިހާރު ނިމިފަ އެވެ.

މި މަޝްރޫއުގެ ދަށުން 25،000 ކިއުުބިކް މީޓަރުގެ ސަރަހައްދުގެ ނެރާއި 18،500 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ފަޅު ފުންކުރާނެ އެވެ. އަދި 214 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި 282 މީޓަރުގެ ސަރަހައްދެއް ރިވެޓްމަންޓް ޖެހުމުގެ އިތުރުން މަގުބައްތި ހަރު ކުރުމާއި 558 އަކަ މީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރާކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަށް 49.66 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެ އެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.