އެމްޓީސީސީން ހެވީ ވެހިކަލް ދުއްވަން ދިވެހިން ތަމްރީން ކުރަނީ

ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް، ހެވީ ވެހިކަލް އޮޕަރޭޓް ކުރުމުގެ ތަމްރީން ޕްރޮގްރާމެއް އެމްޓީސީސީން ތައާރަފުކޮށްފި އެވެ.

“ހުނަވަރު” ނަމުގައި ކުރިއަށްގެންދާ މި ޕްރޮގުރާމަކީ ބިދޭސީންގެ ބަދަލުގައި ދިވެހި ޒުވާނުން ވަޒީފާގެ އަމަލީ މައިދާނަށް ތަމްރީނުކުރަން ހާއްސަކޮށްގެން އިފްތިތާހުކުރި ޕްރޮގުރާމެކެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގައި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 5،000ރ. ލިބޭނެ އެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫގައި އޯޕަން ޑޭއެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ފުވައްމުލަކުގައި މި މަހުގެ ނުވަވަނަ ދުވަހު އޯޕަން ޑޭ ބާއްވާއިރު އައްޑޫގައި ބާއްވާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މީގެ އިތުރުން ކުޅުދުފުއްޓާއި މާލޭގައި ވެސް އޯޕަން ޑޭ ބާއްވާނެ އެވެ. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުން މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީން ދޭނީ އެމްޓީސީސީގެ ސައިޓުތަކުގަ އެވެ. އެހެންކަމުން ސައިޓު ހުންނަ ރަށް ނޫން އެހެން ރަށެއްގެ މީހަކު ޕްރޮގްރާމުގައި ބައިވެރިވާ ނަމަ ހުރުމާއި ކެއުމުގެ ހަރަދު ވެސް އެމްޓީސީސީން ހަމަޖައްސާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.