ފެރީގެ ނިޒާމުން ރާއްޖެ ގުޅާލަން އެމްޓީސީސީއާ ހަވާލުކޮށްފި

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީއާއި އެކު މިއަދު ސޮއި ކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޕްލޭނިންމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

މިއާއި އެކު މިއަހަރު މިއަހަރުގެ ތެރޭގައި ފެރީގެ ހިދުމަތް ފަށަން ހަމަޖައްސާފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅުގަ އެވެ. އެގޮތުން ހއ. އާއި ހދ. އަދި ށ. އަތޮޅުގެ 41 ރަށެއްގައި އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ފެށިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސިސީގެ އެމްޑީ އާޒިމް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހަފްތާގެ ކޮންމެ ދުވަހަކު ފެރީގެ ހިދުމަތް ފެށޭނެކަމަށާއި، އަދި ފެރީގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ބެކަޕް ޕްލޭނެއް ހަދައި ތައްޔާރަށް އޮންނާނެ ކަމަށެވެ. އެގޮތުން ހިދުމަތް ދިނުމަސް 14 ލޯންޗް ބޭނުންކުރާިއރު ބެކަޕްގައި 3 ލޯންޗް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ލޯންޗް ތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެކަން ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ގައުމީ ފެރީ ވިއުގެ ދަށުން މިއަދު ސޮއިކުރެވިގެންމިދިޔަ ހިދުމަތަކީ މިހާރު ދެމުން އަންނަ ދޯނި ފެރީއަށް ވުރެ ހައި ސްޕީޑު ހިދުމަތެއް ދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައި ވަނީ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.