އެންޓަނާ ޖެހުމަށް ދޫކުރާ ބިމު ކުލި ކައުންސިލްތަކަށް

އުރީދޫން އޭދަފުށީގައި ޖަހާފައިހުރި އެންޓަނާއެއް

ރަށްރަށުގައި އެންޓަނާ ޖެހުމަށް ދޫކުރާ ބިމުގެ ކުލި އެ ރަށެއްގެ ކައުންސިލްތަކަށް ލިބޭގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ދިރާގައި އުރީދޫގެ އެންޓަނާތައް ޖެހުމަށް ރަށްރަށުން ނަގާފައިވާ ބިމު ކުލި މީގެ ކުރިން ދައްކަނީ މީރާ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ސާކިއުލާއެއްގައިވާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހުތިސާސް ހިމެނޭ ވަސީލަތް ނުވަތަ ހަރުމުދަލުގެ ތެރެއިން، އެންޓަނާ ޖެހުމަށް ދޫކޮށްފައިވާ ބިންތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ލިބޭނީ ކައުންސިލްތަކަށެވެ.

ނަމަވެސް މިގޮތަށް ނުއުފުލޭ ހަރުމުދާ ހުންނަ ބިންތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތަކަށް ރަޖިސްޓަރީ ކޮށްފައިވާ ނަމަ އެ ބިމެއްގެ ރަޖިސްޓަރީ ކައުންސިލަށް ބަދަލުކުރަންޖެހެއެވެ. އަދި ކުއްޔަށް ދީފައިވާ ފަރާތާ އެކު އާ އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެ އެވ. މި މަސައްކަތް ލޯކަލް ގަވަރުމެންޓު އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.