ސަލްސާ އިން ޕިއްޒާއެއް ގަނެގެން 15 ޕިއްޒާ ލިބުމުގެ ފުރުސަތު

ސަލްސާއިން ފަށާ ޕިއްޒާ ޕްރޮމޯޝަންގެ އިޝްތިހާރެއް

ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ހިންގަމުން އަންނަ ސަލްސާ ރިޓްރީޓުން ޕިއްޒާ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ސަލްސާގެ އޯނަރު އަހްމަދު އާމިރު ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ 28 ގެ ނިޔަލަށެވެ. މި މުއްދަތުގައި އެ ރެސްޓޯރަންޓުން ޕިއްޒާ ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

“ޕިއްޒާ ގަތީމަ ލިބޭ ކޫޕަންކޮޅު ސަލްސާ ރިޓްރީޓްގައި ބަހައްޓާފައިހުރި ފޮއްޓަށް ވައްޓާލީމަ ޕްރޮމޯޝަންގައި ބައިވެރިވެވުނީ، ކޫޕަން ކޮޅުގައި ކަސްޓަމަރުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު ސާފުކޮށް ކިޔަން އެނގޭނެހެން ލިޔެފައި އޮންނަންވާނެ،” އާމިރު ވިދާޅުވި އެވެ.

މި ޕްރޮމޯޝަން ނިމުމުން އެއް މުއްދަތުގައި ޕިއްޒާގެ ވިޔަފާރި ކުރި ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރު ނަގައި ތިން ނަސީބުވެރިއަކު ހޮވާނެ އެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ މީހަކަށް ބޭނުން ވައްތަރެއްގެ 15 ޕިއްޒާ ލިބޭއިރު، ދެވަނަ އަށް ހޮވޭ މީހަކަށް 10 ޕިއްޒާ އަދި ތިންވަނަ އަށް ހޮވޭ މީހަކަށް 5 ޕިއްޒާ ލިބޭނެ ސަލްސާއިން ބުންޏެވެ.

ސަލްސާ ޕިއްޒާ އަކީ އޭދަފުށީގެ ކުދިބޮޑު އެންމެންގެ މެދުގައި އެންމެ މަގުބޫލް އަދި އިތުބާރު ހޯދާފައިވާ ޕިއްޒާ އެވެ. މީގެ އިތުރުން ސަލްސާގެ ޕިއްޒާގެ ރަހަޔަށް މިއަތޮޅު އާންމުންނާއި ރިސޯޓްތަކުން ވެސް ބޮޑު މަގުބޫލު ކަމެއް ވަނީ ލިބިފަ އެވެ.

ސަލްސާ ރިޓްރީޓުން ވިއްކާ ޕިއްޒާ އޯޑަރު ކުރުމުން ގޭގެއަށް ގެންގޮސްދިނުމުގެ އިތުރުން ފެރީތަކަށް ވެސް ޑެލިވަރީ ކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.