ޑޮކްޓަރުން ނެތިގެން އޮޕަރޭޝަންތައް މެދުކެނޑިފައި

ބ. އަތޮޅުހޮސްޕިޓަލް
ބ. އަތޮޅުހޮސްޕިޓަލް

އަންހެނުންގެ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރު ނެތިގެން ބ. އަތޮޅު ހޮސްޕިޓަލުގައި ކުރާ އޮޕަރޭޝަންތައް މެދުކަނޑާލައިފި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ވިދާޅުވީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރު މިވަގުތު ޗުއްޓީގައި ހުރުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ވިއްސާނެ ޑޮކްޓަރަކު ނެތް ކަމަށެވެ. އަދި ހޭނައްތާ ޑޮކްޓަރުވެސް ޗުއްޓީއަށް މީގެ މަހެއްހާދުވަސް ކުރިން ފުރާފައިވާތީ މިވަގުތަށް އޮޕަރޭޝަންތައް މެދުކެނޑިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ނެތުމުން ދިމާވާ ދަތިތަކަށް އާންމުން ދުރާލާ ސަމާލުކަން ދެއްވުމަށް އެ ހޮސްޕިޓަލުން ރަށު ކައުންސިލުތައް މެދުވެރިކޮށް އަތޮޅުގެ ރައްޔިތުންނަށް ދުރާލާ އަންގަ އެވެ.

ވަހީދު ވިދާޅުވީ އަންހެނުންގެ ޑޮކްޓަރު ޗުއްޓީއަށްފަހު މިއަދު އެނބުރި އަންނާނެ ކަމަށާއި އަދި ހޭނައްތާ ޑޮކްޓަރުގެ އެނބުރި އަންނަންދެން އެހެން ޑޮކްޓަރަކު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަންހެނުންގެ ޑޮކްޓަރު އަދި ހޭނައްތާ ޑޮކްޓަރުން ދިގު ޗުއްޓީތަކަށް ދާ މިފަދަ ދަނޑިވަޅުތަކުގައި ދިމާވާ ދަތިތަކަށް ބައެއް އަތޮޅުތަކުގައި މީގެކުރިން އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބ. އަތޮޅުގެ އާންމުން މިފަދަ ދަނޑިވަޅުތަކުގައި އަންހެނުން ވިހެމުގެ ކަންކަމުގައި ގިނަފަހަރަށް ދަނީ މާލެ ނުވަތަ ރ އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Nittu

    Eydhafushi hospital ah anna kurieyrumeh bunebala ehkameh ves kuran ulhey thaneh noon kurieyrun annany hama eykani meehaku badu bodu vehjee ar eymeehehge vaahaka rashu thereyga fethurun. Eyee mihaathanah kurevifa oiy kantha

    ރައްދު
  2. Ainthu

    Docter in nethas vaheedhu ah vaa undhaguleh noannaane. Eyhenvegennu eyhaa gina dhuavs vandhen doctor aku nethi ey hunnany. Gennan ulhefee ar geneveyne konhaa gina bahanaa eh dhahkaakar. Kanthah thah kuran noolheny. s.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.