ބީއެމްއެލްގެ އެހީ ރ. ކިނޮޅޮހުގެ ކުނި މެނޭޖްކުރުމަށް

ރ. ކިނޮޅޮހުގައި ކުނި މެނޭޖް ކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޖެކްޓު ހިންގުމަށް އެރަށު ވާފިރު އަޙްމަދު ޕްރޮޕޯސަލް ހުށަހެޅިއިރު ކިނޮޅޮހުގެ ކައުންސިލުން އައީ ރަށުގެ އެންމެހައި ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުންނެވެ. ނަމަވެސް ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް އޮތީ ގޮންޖެހުތަންތަކާ ކުރިމަތިވެފައެވެ. ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ 5 ސަރަހައްދެއްގައި މިވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބެހެއްޓިފައެވެ. މިއާއެކު މުޅި ރަށުގެ ކުނި ނައްތާލުމުގެ ޕްރޮޖެކްޓަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފައެވެ.

 “ބަނދަރުސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް އެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓިގެން ދިޔުމާއެކު މިރަށުގެ ކުނި މެނޭޖްކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފަ. އަދި މިއީ ރަށަށް ލިބިގެންދާ ޒީނަތްތެރިކަމެއްވެސްމެ. މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ   ނިންމާލުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ބީއެމްއެލް އިން މި ފަދަ ފުރުސަތެއް ދެއްވިކަމަށްޓަކައި ބޭންކަށްވެސް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުގެ އުއްމީދަކީ ‘ރީތި ކިނޮޅަސް، މަގޭ ކިނޮޅަސް’ މި ޝިއާރާ އެއްގޮތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެންދާނެކަމަށް.”

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ 6 ވަހަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.