ލައިވް: އިންނަމާދޫ 2 – 0 ނައިފަރު

14408105_690567817775525_354546359_o

17:48
މެޗު ނިމިއްޖެ. ނަތީޖާއަކީ އިންނަމާދޫ 2 ނަައިފަރު 0

17:47
ނައިފަރު ޓީމުގެ މުހައްމަދު އާދަމް އަށް 2 ވަނަ ރީނދޫ ކާޑް ދެއްކުމަށް ފަހު, ރަތް ކާޑް  ހަމަވުމުން ދަނޑުން ފޮނުވާލައިފި. މެޗްގެ ފޯރި މިހާރު ވަރަށް ގަދަ

17:46
ދެވަނަ ހާފްގެ އިތުރުވަގުތުގެ ގޮތުގައި 4  މިނިޓް ދައްކައިފި

17:43
އިންނަމާދޫ ޓީމުން އެޓީމުގެ ދެ ވަނަ ގޯލު ޖަަހައިފިި. މި ގޯލްވެސް ކާމިޔާބުކޮށްދިނީ އެޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މުހައްމަދު ހާފިޒް

17:33
ނައިފަރު ޓީމުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފި. އެހެން ނަމަވެސް ބޯޅަ ގޯލްގެ ތެރަށް ޖެހި އިރު ލައިސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަނަގައިގެން

17:18


ނައިފަރު ޓީމުން ފުލު ފުލުގައި ގޯލަށް ފޮނުވާލި ހަމަލާތައް އިންނަމާދޫ ޓީމްގެ ގޯލް ކީޕަރު ހުށިޔާރު ކަމާއެކު ދިފާއުކޮށްފި. މެޗު ގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައި


17:12

ދެ ޓީމުންވެސް ދަނީ ގޯލާ އަމާޒުކޮށް ޝޮޓް ހަދަމުން. އެހެން ނަމަވެސް އޭގެ ފުރުސަތު އެންމެ ފުރިހައަށް ބޭނުމެއް ނުކުރެވޭ

17:06


ދެވަނަ ހާފް ފެށިގެން ކުރިޔަށް ދާއިރު  އިންނަމާދޫ ޓީމުން ދަނީ ރަގަނޅު ކުޅުމެއް ދައްކަމުން

17:00


ދެވަނަ ހާފް ގެ ކުޅުން ފަށައިފި. ދެވަނަ ހާފް ފެށީ އިންނަމާދޫ ޓީމުން

16:46


ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ . ނަތީޖާއަކީ އިންނަމާދޫ 1 ނައިފަރު 0

16:41


ފުރަތަމަ ހާފް ގެ އިތުރު ވަގުތުގެ ގޮތުގައި 1 މިނިޓް ދައްކައިިފި

16:35


14424132_690542827778024_1802192585_o


އިންނަމާދޫ ޓީމުން ގޯލެއް ޖަހައިފި. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރ 17 މުހައްމަދު ހާފިޒް

16:29


އިންނަމާދޫ ޓީމުން ގޯލް ކުރިމަތިން ޖެހި ފްރީ ކިކް ނައިފަރު ޓީމް ގެ ކީޕަރ  އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލައިފި

16:23

23 މިނިޓް ކުޅެވުނު އިރު ދެޓީމުން ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ޖެހިފައެއް ނުވޭ. އެހެން ނަމަވެސް ނައިފަރު ޓީމުން ދަނީ ލަނޑު ޖާހާނެ ފުރުސަތުތަށް ތަނަވަސް ކުރަމުން


16:14

ނައިފަރު ޓީމަށް ގޯލް ކުރިމަތިން ލިބުނު ހިލޭ ޖެހުން ކީޕަރު ދިފާއުކޮށްފި


16:05

މެޗްގެ 5 މިނިޓް ކުޅެވުނު އިރު މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުން އަންނަނީ ނައިފަރު ޓީމުން


16:00

ފުރަތަމަ ހާފްގެ ކުޅުން ފަށައިފި. ކުޅުން ފެށީ ނައިފަރުން


15:49

އިންނަމާދޫ ޓީމު ލިސްޓް: އިބްރާހިމް އަޒްލީން، އަހްމަދު ތޮލާލު، އަހްމަދު އަނީޒު، ހުސައިން ސުނާހް، އަލީ އަފްރާހު، އަލީ ނިޔާޒު (ކެޕްޓަން) ހުސައިން ނައީމް، މުހައްމަދު ހާފިޒު، އިބްރާހިމް ފަޔާޒް

 

ނައިފަރު ޓީމު ލިސްޓް: ހުސައިން އާފިޒު، މުހައްމަދު ނޫރުﷲ އަބްދުﷲ، މުހައްމަދު ރަޝީދު، މުހައްމާދު ސޯލިހު، މައުރޫފް ހުސައިން، ހުސައިން އިމްތިޔާޒު، ހާމިދު އަބޫބަކުރު، މުހައްމަދު އާދަމް، އިބްރާހިމް ވިާމް، އަހްމަދު ސޮބާހު


15:45

މި މުބާރާތުގެ ޒޯން 3 ވަނަ ބުރުގައި މިދިޔަ އަންގާރަ ދުވަހު އޭދަފުއްޓާއި އިންނަމާދޫ ބައްދަލުކުރި މެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭދަފުށި ފުޓްބޯޅަ ޓީމް. އެހެން ކަމުން މިނިވަން ޗެންޕިއަންޝިޕްގައި އިތުރަށް ކުރިޔަށް ދާން ބޭނުންނަމަ އިންނަމާދޫ ޓީމު މިއަދު ނައިފަރު ތަފާތު ބޮޑުކޮށް ބަލިކުރަން ޖެހޭނެ. މިއަދުގެ މެޗުގައި ދެން އިންނަމާދޫ ޓީމާ ދެކޮޅަށް ނިކުންނަ ނައިފަރު ޓީމުގެ މެނޭޖަރު އީޓީ އާ ވާހަކަ ދައްކަމުން ބުނީ މިއަދު މެޗުން ހަމައެކަނި މޮޅުވެގެން ފަރުޖައްސާލެވެން ނެތްކަށާއި އެ ޓީމުގެ ޓާގެޓަކީ މަދުވެގެން 5 ލަނޑު ޖެހުން ކަމަށް.


15:42

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ދެވަނަ މެޗުގައި ރ.އިންނަމާދޫ އާއި ޅ.ނައިފަރު ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ! ލައިވް އަޕްޑޭޓްސް އޭދަފުށީ ފުޓްބޯލަ ދަނޑުން ރާއިފް ޔޫސުފް އަދި އަހްމަދު ޔާނިއު. މިއަދުގެ މެޗް ފަށާނީ ހަވީރު 15:50 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.