
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މި ސަރަހައްދަށް ވައިޓް އެލަޓް ނެރެފައިވަނީ ހެނދުނު 11:15 އިން 16:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އަދި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މުސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނު ވަނީ ކ އަތޮޅުން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވެސް ވައިޓް އެލާޓް ނެރެފަ އެވެ.

