ސޮނޭވާގެ އިންޓާންޝިޕް އޯޕަންޑޭ މާދަމާ އޭދަފުށީގައި

ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވި ދަރިވަރުން، ފައިލް ފޮޓޯ
ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވި ދަރިވަރުން، ފައިލް ފޮޓޯ

ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ސޮނެވާފުށީ ރިސޯޓުން ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް ބ. އަތޮޅުން ކުދިންނެގުމަށް ބާއްވާ އޯޕަންޑޭ މާދަމާ އޭދަފުށީގައި އޮންނާނެ އެވެ.

ރާއްޖޭގެ އެންމެ ފެންވަރު މަތީ އެއް ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދޭން އޭދަފުށީގައި ބާއްވާ އޯޕަން ޑޭ އޮންނާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 5:00 އަށް އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

އެއް އަހަރު ދުވަހަށް ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް 15 ޒުވާނުން ހޮވާނީ އޯޕަންޑޭގައި ބައިވެރިވާ މީހުންގެ ތެރެއިންނެވެ.

ސޮނެވާ އިންޓާޝިޕް ޕްރޮގްރާމަށް ކުދިން ނެގުމަށް ފުވައްމުލައް އަދި އައްޑޫގައިވެސް މިދިޔަ މަހު ފަހުކޮޅުވަނީ އޯޕަން ޑޭއެއް ބާއްވައިފަ އެވެ.

“ޖޫނިއަރ ހޮސްޓް ޕްރޮގްރާމް” ގެ ނަމުގައި އެ ރިސޯޓުން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމު ހިންގަނީ އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ.

މިދިޔަ އަހަރު ސޮނޭވާ އިން ހިންގި އިންޓާންޝިޕް ޕްރޮގްރާމްގައި 12 ޒުވާނަކު ބައިވެރިވި އެވެ.

ސޮނެވާފުށިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ފުޑް އެންޑް ބެވަރެޖް، ގެސްޓް ރިލޭޝަންސް، ހައުސްކީޕިން، އިންޖީނިއަރިން، އެޗްއާރު އަދި ފައިނޭންސް ދާއިރާއިން ތަމްރީނު ދޭނެ އެވެ. އަދި ބައިވެރިންނަށް ހާއްސަ ސެޓްފިކެޓެއް ލިބެ އެވެ. މިއީ ޓޫރިޒަމްގެ ދާއިރާ އިން ކުރިއަށް ދިއުމުގެ އިތުރު ބާރެއް ކަމަށް އެ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.