ޒޯންގެ ފަހު މެޗު މިއަދު، ނައިފަރަށް މޮޅުވާން މަޖުބޫރު

އިންނަމާދޫ އާއި ނައިފަރު ޒޯން 3 ވަނަބުރުގައިމިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗް ގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިންނަމާދޫ އާއި ނައިފަރު ޒޯން 3 ވަނަބުރުގައިމިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗް ގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފަހު މެޗުގައި މިއަދު އޭދަފުއްޓާއި ނައިފަރު ބައްދަލުކުރާނެއެވެ.

މި މުބާރާތުގައި މިހާތަނަށް ދެމެޗު ކުޅެފައިވާއިރު އިންނަމާދޫ އަދި އޭދަފުށި ވަނީ 3 ޕޮއިންޓް ހޯދާފައެވެ. ނައިފަރަށް އަދި ޕޮއިންޓެއް ލިބިފައި ނުވާއިރު މިއަދު އޭދަފުއްޓާ ބައްދަލުކުރާ މެޗުން މޮޅުވާން އެޓީމަށް މަޖުބޫރެވެ.

މިއަދުގެ މެޗު އެއްވަރު ކޮށްލައިގެންވެސް އޭދަފުއްޓަށް ޒޯންގެ ތަށި ޔަގީންވާނެއެވެ. ނައިފަރަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އޭދަފުށި 3 ގޯލުގެ ތަފާތުން ބަލިކޮށްގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުއްޓާ އިންނަމާދޫ ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބު ކުރީ އޭދަފުއްޓެވެ. ދެވަނަ މެދުގައި އިންނަމާދޫ އަދި ނައިފަރު ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކުރީ އިންނަމާދޫއެވެ.

އޭދަފުށީ ޓީމުން ބުނީ، އެއްވަރުވެގެން ޗެމްޕިއަންކަން ލިބެން އޮތަސް އެގޮތަށް ނުވިސްނާނެ ކަމަށެވެ.

” އެއްވަރު ކުރާކަށް ނުވިސްނާނަން، ބޭނުންވަނީ %100 ރެކޯޑަކާއެކު މުބާރާތް ނިންމާލަން. މިއަދުވެސް ކުޅޭނީ ހަމަ މޮޅުވާންޖެހޭ މެޗެއް ގޮތަށް ވިސްނައިގެން. ޓީމުގެ ކުޅުންތެރިންވެސް ތިބީ އެ ރޫހުގަ ” ޓީމުގެ މެނޭޖަރ ޢަބްދުލް މަޖީދު ޙަސަން ވިދާޅުވިއެވެ.

ނައިފަރު ޓީމުން ފޯނަށް ޖަވާބު ނުދޭތީ އެޓީމުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ޒޯން 3 ގައި ހިމެނެނީ ރ. ބ އަދި ޅ އަތޮޅެވެ. މިދިޔަ އަހަރު ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމަކީ އޭދަފުއްޓެވެ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދުގެ މެޗު ފަށާނީ 15:45 ގައެވެ. މި މެޗުގެ ލައިވް އަޕްޓޭޑްސް ވެސް “އީޓީ” އިން ގެނެސްދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.