ލައިވް: އޭދަފުށި 4 – 0 ނައިފަރު

އޭދަފުށީ ޓީމުގެ ކެޕްޓަން މަޖީދު ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތް ކުރަނީ -- ފޮޓޯ / ރާއިފް
އޭދަފުށީ ޓީމުގެ ކެޕްޓަން މަޖީދު ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތް ކުރަނީ — ފޮޓޯ / ރާއިފް

 

17:52

މި ނަތީޖާއާ އެކު އޭދަފުއްޓަށް މި ވަނީ މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރަށް ހޮވިފަ އެވެ. އެ ބުރުގައި ވާދަކުރާނީ ހުރިހާ ޒޯނެއްގެ ޗެމްޕިއަން ޓީމުތަކެވެ. ފައިނަލް ބުރު ކުޅޭނެ ރަށެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.


17:50

މެޗުގެ ކުޅުން ނިމިއްޖެ. އޭދަފުށި 4-0 ނައިފަރު. އޭދަފުށީ ޓީމުގެ ލަނޑުތައް ޖެހީ އިޝާން އިބްރާހިމް (ސައްޓޫ)، މުހައްމަދު ފާސިރު (ފާއްޓެ)، އާދަމް ނިޒާމް (ކިތުނާ) އަދި ކެޕްޓަން އަބްދުލް މަޖީދު (މަޖިއްޓޭ)


17:48

އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ތިން މިނިޓް


17:39

މަޖިއްޓޭ އޭދަފުށީގެ ހަތަރު ވަނަ ލަނޑު ޖަހައިފި. އޭދަފުށި 4-0 ނައިފަރު. މަޖިއްޓޭ މި ލަނޑު ޖެހީ ވަރަށް ހަމަޖެހިލާފައި އޭރިއާގެވެސް ބޭރުން. ބޯޅަ ގޮސް ވަނީ ގޯލުގެ އަރިމަތީ ކަނަށް


17:35

(އޭދަފުށި ތިން ވަނަ ލަނޑު ޖަހައިފި. ސައްޓު އަރިމަތުން ގޯލު އޭރިއާ ތެރެއަށޗ ނަގައިދިން ބޯޅަ އަކުން މި ލަނޑު ޖެހީ ފަހު ހާފުގަިއ ކުޅެންއެރި އާދަމް ނިޒާމް (ކިތުނާ


17:32

ދަނޑުގެ މެދެއްހާ ހިސާބުން ނައިފަރު ޓީމުން ފޮނުވާލި ފްރީކިކް އޭދަފުށީ ޓީމުގެ ކީޕަރު އަތުން ޖައްސައި ގޯލް ދަނޑިމަތިން ބޭރަށް


17:29

އޭދަފުށީ ޓީމުގެ އަބްދުﷲ އަބޫބަކުރުގެ ބަދަލުގައި ރަޒާން ހަސަން ރަޝީދު ކުޅެން އަރައިފި


17:24

ނައިފަރު ޓީމުން ގޯލެއް ޖެހޭތޯ ދަނީ ވަރަށް މަސައްކަތް ކުރަމުން. ނަމަވެސް އޭދަފުށީ ޓިމުގެ ޑިފެންސް ލައިނު ވަރުގަދަކަމުން އަދި ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވޭ


17:15

އޭދަފުށީ ޓީމުގެ ސާހީ މޫސާގެ ބަދަލުގައި އާދަމް ނިޔާޒު ކުޅެން އަރައިފި


17:11

ސާހީ މޫސާ އަށް ލީޑު ފުޅާކުރަން ލިބުނު ދެވަނަ ފުރުސަތުގަވެސް ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ގޯލު ދަނޑިމަތިން ބޭރަށް


17:08

އޭދަފުށީ ޓީމަށް ނައިފަރު ގޯލު ކުރިމަތިން ލިބުނު ހިލޭ ޖެހުން އަރިމަތީ ދަނޑީގައި ޖެހިފައި އޭރިއާ ތެރެއަށް އައުމުން ސާހީ މޫސާ އެބޯޅަ ގޯލަށް ދިމާލަށް ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިމަތިން ބޭރަށް. ފާއްޓެއަށް ހަމަލާ ދިނުމާ ގުޅިގެން ލިބުނު މި ހިލޭ ޖެހުން ޖެހީ ސައްޓު

17:05

އޭދަފުށީ ޓީމުން ދެވަނަ ހާފު ފެށީ ބަދަލަކާއެކު، އަބްދުއްސަލާމުގެ ބަދަލުގައި ކުޅެން އެރުވީ އިބްރާހިމް މާޖިދު


17:01

ދެ ވަނަ ހާފްގެ ކުޅުން ފަށައިފި. ފެށީ ނައިފަރު ޓީމުން.


16:51

ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. އޭދަފުށި 2-0 ނައިފަރު. އޭދަފުށީގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސައްޓު. އަދި ދެވަނަ ލަނޑު 38 ވަނަ މިނިޓްގައި ކާމިޔާބުކުރީ ފާއްޓެ


16:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް ދައްކައިފި


16:43

ނައިފަރު ޓީމުން ބަދަލެއް. ހާމިދު އަބޫބަކުރުގބަދަލުގައި  މުހައްމަދު ފިރާޝް ކުޅެން އަރުވައިފި.


16:42

އޭދަފުށީ ޓީމުގެ އަބްދުﷲ އަބޫބަކުރު އޭދަފުށީ ޓީމުގެ އޭރިޔާ ތެރެއަށް ވައްޓާލުމުން ނައިފަރު ޓީމުގެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކައިފި


16:39

އަރިމަތިން ގޯލް އޭރިޔާ ތެރެއަށް ސަލާމު ނަގައިދިން ބޯޅަ ފާއްޓެ ގޯލަށް ވައްދާލައިގެން އޭދަފުށީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފި. އޭދަފުށި 2-0 ނައިފަރު


16:34

ނައިފަރު ޓީމުން ދެ ހަމަލާ އޭދަފުށީ ގޯލާ އަމާޒުކޮށް ވަނީ ފޮނުވާލައިފައި. ނަމަވެސް ދެ ހަމަލާވެސް ދިޔައީ ގޯލުގެ އަރިމަތިން ބޭރަށް


16:26

ސައްޓު މެޗުގެ 26 ވަނަ މިނިޓްގައި އޭދަފުއްޓަށް ލީޑު ނަގައިދީފި. ސައްޓު މި ލަނޑު ކާމިޔާބުކޮށްދިނީ ގޯލް އޭރިޔާ ތެރެއަށް ފާސިރު (ފާއްޓެ) ނަގައިދިން ބޯޅައަކުން


16:22

ހޫނު ގަދަކަމުން ވޯޓަ ބްރޭކެއް ދީފި


16:19

އޭދަފުށީ ޓީމަށް ލިބުނު ހިލޭ ޖެހުން ގޯލުގެ މަތީ ދަނޑިން ބޭރަށް

 

14467000_691581391007501_1359159375_o


16:18

ސައްޓު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލް އޭރިޔާ ތެރެއަށް ވަނަން ދަނިކޮށް ވައްޓާލުމާ ގުޅިގެން އޭދަފުށީ ޓީމަށް ހިލޭ ޖެހުމެއް.


16:12
އިންނަމާދޫ އާ ދެކޮޅަށް ނައިފަރު ޓީމު ކުޅުނު މެޗާ އަޅާ ބަލާއިރު މި މެޗުގައި އެ ޓީމުގެ ކުޅުން ރަނގަޅުކަން ފާހަގަ ކުރެވޭ


16:08

7 މިނިޓް ނިމުނު އިރު އޭދަފުށީ ޓީމުން ވަނީ ދެ ހަމަލާ އުފައްދާފައި


16:00
ފުރަތަމަ ހާފްގެ ކުޅުން ފަށައިފި. ކުޅުން ފެށީ އޭދަފުށީ ޓީމު


15:53
މިއަދު މެޗަށް ނައިފަރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އައިސް އެބަތިބި

ނައިފަރު ސަޕޯޓަރުން އޭދަފުއްޓަށް ފައިބަނީ
ނައިފަރު ސަޕޯޓަރުން އޭދަފުއްޓަށް ފައިބަނީ

15:46
ނައިފަރު ފުރަތަމަ 11: ޙުސައިން އާފިޒު، މުހައްމަދު ނޫރުﷲ އަބްދުﷲ، މަހުމޫދު ރަޝީދު، އަބްދުﷲ މުހައްމަދު، މުހައްމަދު މުބާހު، މައުރޫފު ހުސައިން، ހުސއިން އިމްތިޔާޒް، ހާމިދު އަބޫބަކުރު، އިބްރާހިމް ވިޝާމް، އަހްމަދު ސޮބާހު، އަލީ އަރީފް.


15:45
އޭދަފުށި ފުރަތަމަ 11: އަބްދުﷲ އަބޫބަކުރު، އަހްމަދު ހަނީފް، އަބްދުއްސަލާމް ހާމިދު، އަހްމަދު ލަތީފް، މުހައްމަދު ފާސިރު، އަބްދުލްމަޖީދު އިބްރާހިމް (ކެޕްޓަން)، އިޝަން އިބްރާހިމް، ޝާމީ އިބްރާހިމް، އަބްދުﷲ ޒިޔަޒަން، އަހްމަދު ހުމައިދު، ޝާހީ މޫސާ


15:45
މި މުބާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ރ.އިންނަމާދޫ އާއި ޅ.ނައިފަރު ބައްދަލުކުރި މެޗު ނިމުނީ 0-2 ގެ ނަތީޖާއަކުން އިންނަމާދޫ މެޗު ކާމިޔާބުކޮށްގެން. އެހެން ކަމުން މިއަދު ޅ.ނައިފަރުން ޒޯން 3 ގެ ޗެންޕިއަންކަން ބޭނުންނަމަ އޭދަފުށި ޓީމް 3 ލަނޑުގެ ތަފާތުން ބަލިކުރަން ޖެހޭނެ. މި މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗް 1-4 ގެ ނަތިޖާއަކުން އިންނަމާދޫ ބަލިކޮށް އެ މެޗު ވަނީ ކާމިޔާބުކޮށްފައި. މިއަދުގެ މެޗު އެއްވަރުވެގެން ނިމުނު ކަމުގައި ވިޔަސް އޭދަފުއްޓަށް ޒޯން 3 ގެ ޗެންޕިއަންކަން ލިބޭނެ.


15:42
މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފަހު މެޗްގައި ބ.އޭދަފުއްޓާއި ޅ.ނައިފަރު ބައްދަލު ކުރާ މެޗްގެ ލައިވް ކަވަރޭޖަށް މަރުހަބާ! ލައިވް އަޕްޑޭޓްސް އޭދަފުށި ފުޓްބޯޅަ ދަނޑުން ރާއިފް ޔޫސުފް. މިއަދު ގެ މެޗް ފަށާނީ ހަވީރު 16:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.