
ބ. ތުޅާދު އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން އެ ތަކެތި އަތުލައި ގަތީ މާލެއިން ފުރައިގެން ތުޅާދޫއަށް ދަތުރުކުރަމުންދިޔަ ލޯންތަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ލޯންޗުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެހެން ނަމަވެސް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަހަރު ކުރީކޮޅުވެސް ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.

