
ބ ދަރަވަންދޫ، ތުޅާދޫ އަދި ކެންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މިއަދު ހަވާލުކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އަދި އާރުޑީސީގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް އެފެއާޒް އަހުމަދު ޝުހާދު ވަނީ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
ބ ދަރަވަންދޫ އަދި ބ ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ ކޮންމެ ދަނޑެއް 2.2 މިލިއަން ރުފިޔާއަށް އަދި ބ ކެންދޫ ފުޓޫބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.
މި ހުރިހާ ދަނޑުތަކެއް ވެސް މަސައްކަތް ފަށާތާ 35 ދުވަހުގެ ތެރޭ ނިންމަން ވަނީ އެއްބަސްވެފަ އެވެ.

