
ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 10.13 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ނޭޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތުގެ އެއްބަސްވުންތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
އެ މަޝްރޫއުގެ ދަށުން 280 މީޓަރު ގޮނޑުދޮށް، ޖީއޯ ބޭގް ރިވެޓްމަންޓް ބޭނުންކޮށްގެން ހިމާޔަތް ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. މަސައްކަތް ނިންމަންޖެހެނީ 150 ދުވަހުގެ ތެރޭގަ އެވެ.
ތުޅާދޫގެ އިތުރުން 4 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްވެސް އިއްޔެ އެމްޓީސީސީއާ ހަވާލުކުރިއެވެ.

