ވެސްޓް ވިންގްސް އިން އަމާންވެށި ކުދިންނަށް ރޯދަ ހަދިޔާ ދީފި

ދައުލަތުގެ ބެލުމުގެ ދަށުން އޭދަފުށީ އަމާންވެށީގައި ތިބޭ ކުދިންނަށް ވެސްޓް ވިންގްސް ޖަމިއްޔާއިން ރޯދަ ހަދިޔާ ހަވާލުކޮށްފި އެވެ.

ބ. ފެމެލީ އެންޑް ޗިލްޑަރަންސް އސާވިސް ސެންޓަރުގައި މިއަދުރު ހަވީރު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ކުދިންނާ މިތަކެތި ހަވާލުކޮށްދެއްވީ ވެސްޓް ވިންގްސް ޖަމިއްޔާގެ ރައީސް ޒައިދު އަލީ އެވެ.

ވެސްޓް ވިންގްސް އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ގުރުއާން މުސްހަފާއި ނަމާދު ކުރާ މުސައްލަ އަދި ގިފްޓް ޕެކް ހިމެނެއެވެ.

އެ ޖަމިއްޔާއިން ބުނީ އޭދަފުށީ އަމާންވެށީގައި ތިބޭ ކުދިންނަށް މިއަދު ރޯދަ ހަދިޔާ ދީފައި ވަނީ ޖަމިއްޔާގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސް ތަކުގައި ވެސް އެކުދިންނަށް އިތުރު އެހީތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ވެސްޓް ވިންގްސް ޖަމިއްޔާއިން އަމާންވެށީގައި ތިބޭ ކުދިންނަށް މިއަދު ހަދިޔާ ދިންއިރު، ތުޅާދޫ މަމްސް ޖަމިއްޔާއިން ވެސް ވަނީ އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކުދިންނަށް ބޭނުންވާ އަންނައުނާއި ބޫޓް އަދި ރޯދަމަހަށް ބޭނުންވާ ބައެއް ތަކެތިވެސް ހަދިޔާކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.