
މިދިޔަ ހޯމަ ދުވަހު ބ. މާޅޮހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އިއުލާންކުރި މޮނިޓަރިންގެ ހާލަތު ފަސް ދުވަސް ފަހުން މިރޭ އުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މާޅޮހު މޮނިޓަރިންގެ ހާލަތު އުވައިލީ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މި ވަގުތު ނެތުމުން ކަމަށެވެ.
މާޅޮސް މަޑިފިނޮޅު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ފުރުމުގެ ކުރިން ނެގި ސާމްޕަލުން ކަމަށެވެ. މާޅޮހުގެ ހަތް މީހަކާ އެ ދެ މީހުން ކޮންޓެކްޓްވެ، ނެގި ސާމަޕަލުން އޭގެ ތެރެއިން އެކަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މާޅޮހުގެ މޮޓިޓަރިން އުވާލިއުރު، އަތޮޅުގެ ވެރިރަށް އޭދަފުށީ އޮތީ އަދިވެސް މޮނިޓަރިންއަށް ލައިފަ އެވެ.
