ކިހާދޫ ދެ ކެންޑިޑޭޓުން އެއްވަރުވެ، އަލުން ވޯޓަށް

ބ. ކިހާދޫ، ވޯޓް އެއްވަރުވެގެން އެރަށުގައި އަލުން އިންތިހާބު ބާއްވަން ވަނީ ނިންމާފައި

މިމަހު ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބ. ކިހާދޫން ވާދަކުރި ދެ ކެންޑިޑޭޓުން އެއްވަރުވެ، އަލުން އިންތިހާބު ބާއްވަން ޖެހިއްޖެ އެވެ.

ވާދަވެރި އެ އިންތިހާބުގައި، އެއްވަރަށް ވޯޓު ލިބުނީ، ކައުންސިލްގެ މެންބަރުކަމުގެ ދެ ގޮނޑި އަށް އަމިއްލަގޮތުން ވާދަކުރި ދެ ކެންޑިޑޭޓުންނަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން، ދެ ކެންޑިޑޭޓުން އެއްވަރު ވެއްޖެ ނަމަ ދެން ޖެހޭނީ އަނެއްކާ ވެސް އިންތިހާބު ބާއްވާށެވެ.

ކިހާދޫ ކައުންސިލު މެންބަރު ކަމަށް އެންމެ ގިނަ ވޯޓް ހޯދައިގެން އެރަށު ޒުވާރިމާގެ އަހްމަދު ރަޝީދު ވަނީ އިންތިހާބުވެފައެވެ. އަލުން އިންތިހާބު ބާއްވަނީ ދެވަނަ އަށް ވޯޓް އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ކިހާދޫ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާފާއިވާއެރަށު ދޫރެސް، މުހައްމަދު ޝަރީފް އާއި ފިނިވާގޭ، މުހައްމަދު ގާސިމަށް ލިބިފައިވާ ވޯޓް އެއްވަރުވެފައިވާތީ، އެ ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކިހާދޫގެ އިތުރުން ވޯޓް އެއްވަރުވެގެން ހއ. ތަކަންދޫ، މ. ރަތްމަންދޫ އަދި ފ. ދަރަނބޫދޫ ގައި ވެސް އަލުން އިންތިހާބު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ލ. މާވަށާއި ތ. ގާދިއްފުށީގައި ދާއިރާގައި ނުހިމެނޭ ބަޔަކު ވޯޓުލާފައިވާތީ ނަތީޖާ އަށް އަސަރު ކުރާނެ ކަމަށް ބެލެވޭތީ އެ ދެ ރަށުގައި ވެސް އިންތިހާބު އަލުން ބާއްވަން ވަނީ ނިންމައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ރޯދަ މަހުގެ ތެރޭގައި މި ރަށްތަކުގައި ވޯޓުލުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.