ކޮވިޑް-19: ތުޅާދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

ބ. ތުޅާދޫން އިތުރުދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ އަދަދު 6 އަށް އަރައިފި އެވެ.

ތުޅާދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ، ހުމުގެ އަލާމާތްތަކެއް ފެނިގެން މިދިޔަ އާދީއްތަ ދުވަހު އެރަށު ފްލޫ ކުލިނިކަށް ދެއްކި 4 މީހެކެވެ. އޭގެފަހުން ހުމުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށްދެއްކި އިތުރު ދެމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެއާ އެކު ތުޅާދޫން ކޮވިޑްޖެހުނު ޖުމްލަ 6 އަށް އެރި އިރު، އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ކޮންޓެކްޓްވެގެން ސާމްޕަލް ނެގި އިތުރު ބައެއްގެ ނަތީޖާ ލިބިފައެއް ނުވެ އެވެ.

ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު، ބ އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީބޮޑު ތުޅާދޫ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެހެންވެ އެރަށަށް އަރައި ފޭބުމަކީ މިހާރު މަނާ ކަމެކެވެ. މިއީ ކޮވިޑާ ގުޅިގެން އެ ރަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.

ތުޅާދޫ ސިއްހ މަރުކަޒުން މިހާރު އަންނަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން ހޯދަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6600117 އަށް ގުޅައި ހިއްސާކޮށް ދިނުމަށް އެދިފައި ވެ އެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.