މެޕްސް ކޮލެޖުން ހިންގާ އޮންލައިން ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު ހުޅުވާލާފައިވާ މެޕްސް ކޮލެޖްގެ ޖޫން 2021 އިންޓޭކްގެ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.
ޖޫން 2021 އިންޓޭކްގައި މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، މެޕްސް ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެ ކޯސްތަކުގެތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރ، (ޔޫ.އޯ.ބީ)ގެ މާސްޓަރސް ކޯސްތަކުގެ އިތުރުން މެޕްސް ކޮލެޖުން ހިންގަމުން އަންނަ އެންމެ ދުވަސްވީ ދެ އިންޓަރނޭޝަނަލް ކޮލިފިކޭޝަންކަމަށްވާ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭ.ބީ.އީ) އަދި އެސޯސިއޭޝަން އޮފް ޗާރޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ.
މެޕްސް ކޮލެޖްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ގްރޭޑް ދިހަ އެއް ނިންމާފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާއިރު، މިކޯސް ނިންމާލުމަށްފަހު އެފަރާތްތަކަށް ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
އަދި ހަމަ އެހެންމެ، ގްރޭޑް 10އެއް ނިންމާލުމަށްފަހު ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އެހީގައި، އަދި 3 މަހުގެ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެފަރާތެއް ޚިޔާރުކުރާ ދާއިރާއެއްގެ ޑިގްރީ ކޯހަކަށް ވަނުމުގެ ފުރުސަތު ލިބިގެންދެއެވެ.
މެޕްސްޮލެޖް ބުނިގޮތުގައި އެ ކޮލެޖްގެ އަމިއްލަ ނުވަތަ ލޯކަލް ހުރިހާ ކޯސްތަކަކީވެސް އޮންލައިންކޮށް އަމިއްލަ ރަށުގައި ނުވަތަ މަސައްކަތް ކުރާ ރިސޯޓުގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ކޯސްތަކެކެވެ. މިގޮތުން މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ ތެރޭގައި ހިމެނޭ ޑިގްރީ ކޯސްތަކަކީ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް” ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.
މިކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 13 ޖޫން 2021ގެ ނިޔަލަށެވެ.
ޖޫން 2021ގައި ހުޅުވާލާފައިވާ އިންޓަނޭޝަނަލް ކޯސްތަކުގެތެރެއިން އޭ.ބީ.އީ އަދި އޭ.ސީ.ސީ.އޭގެ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 4 ޖުލައި 2021އެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ މާސްޓަރސް ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 16 މެއި 2021 އަދި 11 ޖުލައި 2021އާ ހަމައަށްވަނީ ހުޅުވާލާފައެވެ. މިހުރިހާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ.
ކޮވިޑް-19އިގެ ޕެންޑަމިކްއާ ގުޅިގެން މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތަކެއްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.
މެޕްސް ކޮލެޖުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ކޮލެޖްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި އެކޮލެޖުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ލިބޭނެފަދަ ގޮތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށެވެ. މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.
މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 22 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.