އުރީދޫ އީދު ޝޯ މިއަހަރު ވެސް ޑިޖިޓަލްކޮށް

ކޮވިޑް-19ގެ މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން މިއަހަރު ވެސް ޑިޖިޓަލް މިއުޒިކް ޝޯ އެއް ބާއްވަން ނިންމައިފި އެވެ.

ފިތުރު އީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، އީދު ސާލާން ބަދަލު ކޮށް، އެންމެން އެއްކޮށް އުފާވެރި ވަގުތުތަކެށް ހޭދަކުރާ ދުވަހެކެވެ.

އުރީދޫގެ މިއަހަރުގެ އީދު ޝޯ ގައި ވެސް ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިން ކަމަށްވާ ޒަކިއްޓެ އާއި ޝަންމޫނާއި ހަބޭސް ފިއުސަން އަދި ޑަންޑޫރަ ހިމެނެ އެވެ.

އުރީދޫ އީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު 9:00 އެއް ޖަހާއިރު އެވެ. މި ޝޯ އުރީދޫގެ ޔޫޓިއުބް ޗެނަލުން ފެންނާނެ އެވެ. އަދި ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ ore.do/eidshow މި ލިންކް މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެ އެވެ.

އުރީދޫން ވަނީ ގޭގައި ތިބެގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.