ކެންދޫ އާއި ގޮއިދޫގައި ފަގީރަކު ނެތިގެން ޒަކާތުގެ ފައިސާ ތުޅާދޫއަށް

ބ. ތުޅާދޫ

ބ. ކެންދު އާއި ގޮއިދޫގައި ފަގީރަކު ނެތުމާގުޅިގެން އެ ރަށްރަށުން ނެގި ފިތުރު ޒަކާތުގެ ފައިސާ މިއަތޮޅު ތުޅާދޫގައި ތިބި ފަގީރުންނަށް ބަހައިފި އެވެ.

ބ. ތުޅާދޫ ކައުންސިލުން ބުނިގޮތުގައި ތުޅާދޫން ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ލިބިފައިވަނީ 32،570ރ އެވެ.

އޭގެއިތުރުން ޒަކާތުގެ ގޮތުގައި ގޮއިދޫއަށް ލިބިފައިވާ 19،298.56ރ އާއި ކެންދޫން ލިބިފައިވާ 18،341.23ރ ގެ އިތުރުން ސަދަގާތުގެ ގޮތުގައި ލިބިފައިވާ 143ރ. އާ އެކު ޖުމްލަ 61352.79 ރ ވަނީ ލިބިފަ އެވެ.

ތުޅާދޫގައި ފަގީރުންގެ ގޮތުގައި ތިބީ 33 މީހުންނެވެ. އެ ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 1859.18ރ. ލިބިފައި ވެ އެވެ.

މިއަތޮޅުގައި ފަގީރުން ނެތް ބައެއް ރަށްތަކުގެ ކައުންސިލްތަކުން މީގެ ކުރިންވެސް އެރަށްތަކުގައި ފަގީރުން ނެތިގެން އެހެން ރަށްތަކަށް ޒަކާތް ފޮނުވާފައިވެ އެވެ. އަދި މިފަހަރުވެސް ޒަކާތް އެހެން ރަށްތަކަށް ފޮނުވީ އިސްލާމިކް މިނިސްޓްރީގެ ލަފަޔާ އެއްގޮތަކަށް ކަމަށް ކައުންސިލްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ކިއުޓް

    ތުޅާދޫގަ ފަގީރުންގެ ގޮތުގަ ތިބެނީ ބޮޑެތި މުސާރަވެރިންގެ މައިންބަފައިން. ލަދު.

    ރައްދު
  2. Aabidha

    Fageerunqnewq mihAraku noolheyne ehvves rashehggai.fageeruvanee athun fain masahkai nukoh thibeythi. Nukulhedhey meeheh vihyya inaayai libey.65 aharun mathee meehunnah inaayai libey.beysfaruvaakuranee aasandhain.den kon fageerunneh.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.